މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
ދިވެހިރާއްޖެ
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރަށް ބައިވެރިން ހޯދުން

 

އިޢުލާން

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރަށް ބައިވެރިން ހޯދުން

              މިވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރު ޖުލައި 2026 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

           ވީމާ، މި ބުރުގައި ރާއްޖެއާއި ރާއްޖޭންބޭރުން ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު މި ލިންކު https://forms.gle/PLJad4ATRWdb9Jnd9 މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށައެޅުން އެދެމެވެ.

ހުށައަޅަންޖެހޭ ލިޔުންތައް އަދި ފުރިހަމަ ވާންޖެހޭ ޝަރުތުތައް

  • ގްރޭޑް، 10،11،12 ކިޔަވާ ނުވަތަ ކިޔެވުންނިމި 18 އަހަރު ފުރިފައިނުވާ ކުއްޖެކަމުގައި ވުން
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ
  • ސްކޫލުގައި އުޅޭނަމަ ސްކޫލުގައި އުޅޭކަމުގެ ލިޔުން
  • ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުން (18 އަހަރު ނުފުރޭނަމަ)

ސަނަދު ދޫކުރުމުގެ ޝަރުތުތައް

  • ޒުވާން ޚަޠީބު އިންޓަވިއު ނިންމާފައިވުން
  • ޓުރެއިނިންގ ސެޝަންތަކުގެ ހުރިހާ ސެޝަނަކަށް ވެސް ޙާޟިރުވެފައިވުން
  • ލިޔުމުގެ އިމްތިހާނުން ފާސްވެފައިވުން

އެހެނިހެން މަޢުލޫމާތު

މާލޭގައި ދިރިއުޅޭ ދަރިވަރުންގެ ޓުރެއިނިންގ ހަދާނީ މާލޭގައި ފޭސްޓު-ފޭސް ކޮށެވެ. ރަށްރަށުގައި އަދި ރާއްޖޭއިން ބޭރުގައި އުޅޭ ދަރިވަރުންގެ ޓުރެއިނިންގ ހަދާނީ އޮންލައިން ކޮށެވެ. ފޭސްޓު-ފޭސްކޮށް ޙާޒިރުވެގެން ޓުރެއިނިންގ ހަދަންބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު އޮންނާނެއެވެ.

            މި ބުރުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށައެޅުން އެދެމެވެ.

             ވީމާ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި ޢިއުލާން ކުރީމެވެ.

                    24 ذُو الحِجَّة 1447     

                    10    ޖޫން 2026

 

10 ޖޫން 2026
ހޯދާ