ދިވެހިރާއްޖެ
|
އިޢުލާން ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރަށް ބައިވެރިން ހޯދުން މިވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރު ޖުލައި 2026 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ބުރުގައި ރާއްޖެއާއި ރާއްޖޭންބޭރުން ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު މި ލިންކު https://forms.gle/PLJad4ATRWdb9Jnd9 މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށައެޅުން އެދެމެވެ. ހުށައަޅަންޖެހޭ ލިޔުންތައް އަދި ފުރިހަމަ ވާންޖެހޭ ޝަރުތުތައް
ސަނަދު ދޫކުރުމުގެ ޝަރުތުތައް
އެހެނިހެން މަޢުލޫމާތު މާލޭގައި ދިރިއުޅޭ ދަރިވަރުންގެ ޓުރެއިނިންގ ހަދާނީ މާލޭގައި ފޭސްޓު-ފޭސް ކޮށެވެ. ރަށްރަށުގައި އަދި ރާއްޖޭއިން ބޭރުގައި އުޅޭ ދަރިވަރުންގެ ޓުރެއިނިންގ ހަދާނީ އޮންލައިން ކޮށެވެ. ފޭސްޓު-ފޭސްކޮށް ޙާޒިރުވެގެން ޓުރެއިނިންގ ހަދަންބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު އޮންނާނެއެވެ. މި ބުރުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށައެޅުން އެދެމެވެ. ވީމާ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި ޢިއުލާން ކުރީމެވެ. 24 ذُو الحِجَّة 1447 10 ޖޫން 2026
|