ދިވެހިރާއްޖެ
އިޢުލާން
ތަރައްޤީގެ މަސްރޫޢުތަކާއިގުޅޭ ބިންތަކުން ރުއްގަސް ނަގައި ބިން ސާފުކުރުމަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު:
ނ.ޅޮހީގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތް ތަކާއި، ރަށުގެ ވިޔަފާރި ބިންތަކުގެ އިތުރުން ރަށުގެ ވަށައި މަގެއް ހެދުމުގެ މަސައްކަތާއި، އަދި ބިނާވެށި ޕްލޭންގައި ކަނޑައެޅިފައިވާ ބައެއް ބިންތައް ކައުންސިލުން ފޯރުކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް ރުއްގަސް ނަގައި ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު ދެންނެވިފައިވާ މުއްދަތުގައި ޕުރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.
|
|
ތަފްސީލް: |
|
މަޢުލޫމާތު ސާފުކުރެވޭނެ ފަހު ތާރީޚް |
09 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. |
|
ޕުރޮޕޯސަލް ހުށަހެޅޭނެ މުއްދަތު: |
10 ޖޫން 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ. |
|
ހުށަހަޅަންޖެހެ ތަކެތި |
|
|
އިތުރު މަޢުލޫމާތު |
|
މި އިޢުލާނަށް ޕުރޮޕޯސަލް ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ކުންފުނީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2023/07) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ޖޫން 2026
