ބީލަން
ނަންބަރު: (IUL)291/291/2026/16
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 10 ޖޫން 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރައްޤީގެ މަސްރޫޢުތަކާއި ގުޅިގެން ރުއްގަސް ނަގައި ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

 ތަރައްޤީގެ މަސްރޫޢުތަކާއިގުޅޭ ބިންތަކުން ރުއްގަސް ނަގައި ބިން ސާފުކުރުމަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު:

 

          ނ.ޅޮހީގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތް ތަކާއި، ރަށުގެ ވިޔަފާރި ބިންތަކުގެ އިތުރުން ރަށުގެ ވަށައި މަގެއް ހެދުމުގެ މަސައްކަތާއި، އަދި ބިނާވެށި ޕްލޭންގައި ކަނޑައެޅިފައިވާ ބައެއް ބިންތައް ކައުންސިލުން ފޯރުކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް ރުއްގަސް ނަގައި ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

          ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު ދެންނެވިފައިވާ މުއްދަތުގައި ޕުރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

 

 

ތަފްސީލް:

މަޢުލޫމާތު ސާފުކުރެވޭނެ ފަހު ތާރީޚް

09 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.

ޕުރޮޕޯސަލް ހުށަހެޅޭނެ މުއްދަތު:

10 ޖޫން 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

ހުށަހަޅަންޖެހެ ތަކެތި

  1. ޕުރޮޕޯސަލް
  2. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީ
  3. ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ

 

 

 

އިތުރު މަޢުލޫމާތު

 

  1. އެކަށީގެންވާ އަދަދަށް ޕުރޮޕޯސަލް ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ މިންވަރާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާއަށް ލިބިގެން ވެއެވެ.
  2. ޕުރޮޕޯސަލް ބަލައިގަނެވޭނީ  ދެންނެވިފައިވާ ތާރީޚާއި ވަގުތުގެ ކުރިން، ހުރިހައި ލިޔެކިޔުން ފުރިހަމަކޮށް ހުށަހަޅާ ޕުރޮޕޯސަލެވެ. ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބާތިލްވާނެއެވެ.
  3. ޕުރޮޕޯސަލް ހުށަހަޅާނީ ތިރީގައިވާ އީމެއިލް މެދުވެރިކޮއް ޅޮހި ކައުންސިލް އިދާރާއަށެވެ.
  4. މަޢުލޫމާތު ސާފްކުރުމަށް ކައުންސިއިދާރާގެ ފޯނު ނަންބަރު  6560032 އަށް ރަސްމީ ގަޑީގައި ގުޅުއްވުމުން، ނުވަތަ އީމެއިލް މެދުވެރިކޮށް އެދިލެއްވުމުން އެފަރާތަކަށް ފޯރުކޮއްދެވޭނެއެވެ.
  5. އީމެއިލް: [email protected]

 

        މި އިޢުލާނަށް ޕުރޮޕޯސަލް ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ކުންފުނީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2023/07) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 07 ޖޫން 2026

07 ޖޫން 2026