މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މުޙްޔިއްދީން ސްކޫލާއި ޕްރީސްކޫލް ކެމްޕަހުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1 - މުޙްޔިއްދީން ސްކޫލާއި ޕްރީސްކޫލް ކެމްޕަހުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2 - މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 ޖޫން 2026 އިން 09 ޖޫން 2026 އަށް ކޮންމެ ދުވަހަކު 09:00  އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ).

3 - މެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.

ކުންފުނީގެ ނަން:

ޢިއުލާން ނަންބަރު:

ޕްރޮޖެކްޓުގެ ނަން:

ގުޅޭނެ ފަރާތުގެ ނަންބަރު:

4 - މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13:00  ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5 - ޕްރީ-ބިޑް މީޓިންގ އޮންނާނީ 10 ޖޫން 2026 ވާ ބުދަ ދުވަހުގެ 11:00 ގައި މުޙްޔިއްދީން ސްކޫލުގައެވެ.

6 - ބީލަން ހުޅުވުން އޮންނާނީ 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި މުޙްޔިއްދީން ސްކޫލްގައެވެ.

7 - މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. 

8 - އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙްޔިއްދީން ސްކޫލް

މާލެ

ފޯން: 7552792

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

04 ޖޫން 2026
ހޯދާ