ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1 - މުޙްޔިއްދީން ސްކޫލާއި ޕްރީސްކޫލް ކެމްޕަހުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2 - މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 ޖޫން 2026 އިން 09 ޖޫން 2026 އަށް ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ).
3 - މެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.
ކުންފުނީގެ ނަން:
ޢިއުލާން ނަންބަރު:
ޕްރޮޖެކްޓުގެ ނަން:
ގުޅޭނެ ފަރާތުގެ ނަންބަރު:
4 - މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5 - ޕްރީ-ބިޑް މީޓިންގ އޮންނާނީ 10 ޖޫން 2026 ވާ ބުދަ ދުވަހުގެ 11:00 ގައި މުޙްޔިއްދީން ސްކޫލުގައެވެ.
6 - ބީލަން ހުޅުވުން އޮންނާނީ 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި މުޙްޔިއްދީން ސްކޫލްގައެވެ.
7 - މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
8 - އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުޙްޔިއްދީން ސްކޫލް
މާލެ
ފޯން: 7552792
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]