ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދު މޫސާ ޢަލީ މަރާމާތުކުރުން

1- މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، މަސްޖިދު މޫސާ ޢަލީގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)245-MIM/245/2026/29 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.

2- މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ‏2026‏ ޖޫން‏ 10ވަނަ ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކޮށްގެން، ރަޖިސްޓްރީކުރުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/vVJeRtJpTF

3- މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ ‏2026‏ ޖޫން‏ 10‏ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލު ކުރުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501005ށް ގުޅުން އެދެމެވެ.

4- ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ ‏2026‏ ޖޫން‏ 14‏ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

5- ބީލަން ފޮތާއި ކުރެހުންތައް، އަދި މަސައްކަތާ ގުޅޭ އެހެނިހެން މައުލޫމާތު މި އިޢުލާނާއެކު ހިމަނާފައި ވާނެއެވެ.

02 ޖޫން 2026
ހޯދާ