ދިވެހިރާއްޖެ
1- މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، މަސްޖިދު މޫސާ ޢަލީގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)245-MIM/245/2026/29 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.
2- މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 2026 ޖޫން 10ވަނަ ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކޮށްގެން، ރަޖިސްޓްރީކުރުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/vVJeRtJpTF
3- މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026 ޖޫން 10ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލު ކުރުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501005ށް ގުޅުން އެދެމެވެ.
4- ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2026 ޖޫން 14ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
5- ބީލަން ފޮތާއި ކުރެހުންތައް، އަދި މަސައްކަތާ ގުޅޭ އެހެނިހެން މައުލޫމާތު މި އިޢުލާނާއެކު ހިމަނާފައި ވާނެއެވެ.