ދިވެހިރާއްޖެ
މިކައުންސިލުން ހިންގަމުންދާ ޕްރީސްކޫލް ސާފުކޮށް ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން 01އަހަރު ދުވަހުގެ މުއްދަތަކަށް މަހަކު 3000.00ރުފިޔާ (ތިންހާސް ރުފިޔާ) އަށް މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށްއެދި ހުށަހަޅުއްވާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ.
1- އަސާސީ ތަޢްލީމް ފެންވަރަށް ލިޔަން ކިޔަންއެނގުން.
2- އުމުރުން 18 އަހަރާއި، 60 އަހަރާއި ދެމެދުގެ މިފަދަ މަސައްކަތެއް ކުރެވޭފަދަ ޞިއްހަތެއްގައި ހުރި މީހަކުކަމުގައިވުން.
* ކުރަންޖެހޭ މަސައްކަތް:
1- ކޮންމެ ދުވަހަކު 1 ފަހަރު ކްލާސްރޫމް ފޮޅާ މޮޕްލުން
2- ކޮންމެ ދުވަހަކު 1 ފަހަރު ފާޚާނާ ސާފުކުރުން.
3- ސްކޫލްގެ ގޯތިތެރޭގައިހުރި ގަސްތައްދޮށް ދުވާލަކު 1 ފަހަރު އިލޮށިފަތި ނުވަތަ މަށަންދަތި އެޅުން (ހުކުރު، ހޮނިހިރު ފިޔަވައި)
4- ސްކޫލްގެ ގޯތިތެރޭގައިހުރި ގަސްތަށް ކޮށާ ރީތިކޮށް ބެލެހެއްޓުން
5- ކްލާސްރޫމްގެ ފެންލައިޓްތަކާއި ކުޑަދޮރުތައް ހަފްތާއަކު އެއްފަހަރު ސާފުކުރުން
6- ޕްރީސްކޫލްގެ ވަށައިގެންވާ މަގުތައް ހަޑިވިޔަނުދީ ބެލެހެއްޓުން
* ހުށަހަޅަންޖެހޭ ތަކެތި:
* މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން.
* މުއްދަތުހަމަނުވާ އައިޑީކާޑުގެ ދެފުށުގެ ސާފުކ ކޮޕީ
* ބޭންކް އެކައުންޓް އެނގޭނެ ރަސްމީ ލިޔުމެއް. (ބޭންކް އެކައުންޓެއް އޮންނަ ފަރާތަކަށް ވާންޖެހޭނެ)
ވީމާ މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 7 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 13.00ގެ ކުރިން ހުށަހަޅަންޖެހޭ ތަކެތި މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅޭނީ މިކަމަށް އެދި ހުށަހަޅާ ފަރާތް/ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ 09 ޖޫން 2026ވާ އަންގާރަ ދުވަހު ކައުންސިލް އިދާރާގައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
