ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާ އެއްގޮތަށް ޝޯލް އަދި ސްކާފް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 16 އެޕްރީލް 2026 ގައި ގެޒެޓްކޮށްފައިވާ ނަންބަރު (IUL)220-AS/1/2026/36 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، ދެންނެވުނު ތަކެތި ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
|
|
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
|
މަޢުލޫމާތު ސާފުކުރުން |
ޓެކްސްޕޭޔަރ ސަރވިސް ސެންޓަރ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ގްރައުންޑް ފްލޯރ، އަމީނީމަގު، މާލެ |
31 މޭ 2026 |
އާދިއްތަ |
14:00 |
|
އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން |
14 ޖޫން 2026 |
އާދިއްތަ |
10:00 |
- މައުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް ވެސް އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ނަމަވެސް މައުލޫމާތު ކަރުދާހަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 މޭ 2026 ވާ އާދިއްތަ ދުވަހުގެ 16:00 އެވެ.
- މައުލޫމާތު ކަރުދާހާއެކު މެޓީރިއަލް ސާމްޕަލް އަދި އާޓްވޯކް ފައިލް ފޯރުކޮށްދެވޭނެއެވެ. މެޓީރިއަލް ސާމްޕަލް އަދި އާޓްވޯކް ފައިލް 31 މޭ 2026 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން ހޯދުމަކީ ބީލަންވެރިންގެ ޒިންމާއެކެވެ. އަންދާސީހިސާބު ހުށަހަޅާއިރު ޝޯލްގެ ސާމްޕަލް ތައްޔާރުކޮށް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.
