މަސައްކަތް
ނަންބަރު: (IUL)220-AS/1/2026/52
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:58
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާ އެއްގޮތަށް ޝޯލް އަދި ސްކާފް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާ އެއްގޮތަށް ޝޯލް އަދި ސްކާފް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 16 އެޕްރީލް 2026 ގައި ގެޒެޓްކޮށްފައިވާ ނަންބަރު (IUL)220-AS/1/2026/36 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، ދެންނެވުނު ތަކެތި ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 

ތަން

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

ޓެކްސްޕޭޔަރ ސަރވިސް ސެންޓަރ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ގްރައުންޑް ފްލޯރ، އަމީނީމަގު، މާލެ

31 މޭ 2026

އާދިއްތަ

14:00

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

14 ޖޫން 2026

އާދިއްތަ

10:00

  1. މައުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް ވެސް އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ނަމަވެސް މައުލޫމާތު ކަރުދާހަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 މޭ 2026 ވާ އާދިއްތަ ދުވަހުގެ 16:00 އެވެ.
  2. މައުލޫމާތު ކަރުދާހާއެކު މެޓީރިއަލް ސާމްޕަލް އަދި އާޓްވޯކް ފައިލް ފޯރުކޮށްދެވޭނެއެވެ. މެޓީރިއަލް ސާމްޕަލް އަދި އާޓްވޯކް ފައިލް 31 މޭ 2026 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން ހޯދުމަކީ ބީލަންވެރިންގެ ޒިންމާއެކެވެ. އަންދާސީހިސާބު ހުށަހަޅާއިރު ޝޯލްގެ ސާމްޕަލް ތައްޔާރުކޮށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.

21 މޭ 2026