ދިވެހިރާއްޖެ
އިޢުލާން
އެޗް.ޑީ.ސީގެ ބައެއް މުދާ ނީލަމުގައި ވިއްކާލުން
މި ކޯޕަރޭޝަންގެ ތިރީގައި މި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
1- ވެހިކަލް 2- ވެހިކަލް ސްޕެއަރ 3- އައި.ޓީ ސާމާނު 4- ކަރަންޓް ސާމާނު 5 ދަވާދާއި ކުލައިގެ ބާވަތްތައް 6- އޮފީސް އެކުއިޕްމެންޓްސް
ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް:
|
- މިތަކެތި ބައްލަވައިގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ތަކެތި ދެއްކުމަށް ހަމަޖެހިފައިވާ ދުވަހު މި ކޯޕަރޭޝަނަށް ވަޑައިގެން ތަކެތި ރަނގަޅަށް ބައްލަވަންވާނެއެވެ، - ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ނީލަން ފެށުމުގެ ކުރިން ނީލަން ފޯމު ހުށަހަޅަން ވާނެއެވެ. - ނީލަން ކިޔުމަށް އަގު ހުށަހަޅަންވާނީ ބޭނުންވާ މުދަލެއްގެ ބާވަތަށް އެއްކޮށެވެ. ވަކިވަކި މުދަލަށް އަގު ހުށައެއް ނޭޅޭނެއެވެ. - އަގު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އަނގަބަހުންނެވެ. އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ތަކެތި ވިއްކައިލާ ގޮތަށެވެ. - ނީލަން ކާމިޔާބުކުރާ ފަރާތަށް ތަކެތި ދޫކުރެވޭނީ މި ކޯޕަރޭޝަންގެ ރެވެނިއު ޝެކްޝަނަށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ދެއްކި ކަމުގެ ރަސީދު ގެނައުމުންނެވެ. - ނީލަން ކާމިޔާބުކުރާ ފަރާތުން 7 ދުވަހުގެ ތެރޭގައި ތަކެތި ގެންގޮސް ނިންމަންވާނެއެވެ. |
ވީމާ، މި ތަކެތި ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖަނަވަރީ 2016 ވާ ދުވަހުގެ 13:30 އަށް މި ކޯޕަރޭޝަންގެ މުނިސިޕަލް ސައިޓް އޮޕަރޭޝަންސްގެ ސައިޓް (ގެރިކޮށި ކައިރި) އަށް ވަޑައިގެން މި ތަކެތި ބެއްލެވުމަށްފަހު 18 ޖަނަވަރީ 2016 ވަނަ ދުވަހު 13:30 އަށް ނީލަން އޮންނަ ސައިޓަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި ކޯޕަރޭޝަންގެ 3355193 އަށް ގުޅުއްވުން އެދެމެވެ.
27 ރަބީޢުލްއައްވަލް 1438