ނީލަން
ނަންބަރު: HDC(161)-A/IU/2016/3
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 14 ޖަނަވަރީ 2016 13:30
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެޗް.ޑީ.ސީގެ ބައެއް މުދާ ނީލަމުގައި ވިއްކާލުން

އިޢުލާން

އެޗް.ޑީ.ސީގެ ބައެއް މުދާ ނީލަމުގައި ވިއްކާލުން

މި ކޯޕަރޭޝަންގެ ތިރީގައި މި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

1- ވެހިކަލް 2- ވެހިކަލް ސްޕެއަރ 3- އައި.ޓީ ސާމާނު 4- ކަރަންޓް ސާމާނު 5 ދަވާދާއި ކުލައިގެ ބާވަތްތައް 6- އޮފީސް އެކުއިޕްމެންޓްސް

 

 

 

 

ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް:

 

- މިތަކެތި ބައްލަވައިގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ތަކެތި ދެއްކުމަށް ހަމަޖެހިފައިވާ ދުވަހު މި ކޯޕަރޭޝަނަށް ވަޑައިގެން ތަކެތި ރަނގަޅަށް ބައްލަވަންވާނެއެވެ،

- ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ނީލަން ފެށުމުގެ ކުރިން ނީލަން ފޯމު ހުށަހަޅަން ވާނެއެވެ.

- ނީލަން ކިޔުމަށް އަގު ހުށަހަޅަންވާނީ ބޭނުންވާ މުދަލެއްގެ ބާވަތަށް އެއްކޮށެވެ. ވަކިވަކި މުދަލަށް އަގު ހުށައެއް ނޭޅޭނެއެވެ.

- އަގު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އަނގަބަހުންނެވެ. އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ތަކެތި ވިއްކައިލާ ގޮތަށެވެ.

- ނީލަން ކާމިޔާބުކުރާ ފަރާތަށް ތަކެތި ދޫކުރެވޭނީ މި ކޯޕަރޭޝަންގެ ރެވެނިއު ޝެކްޝަނަށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ދެއްކި ކަމުގެ ރަސީދު ގެނައުމުންނެވެ.

- ނީލަން ކާމިޔާބުކުރާ ފަރާތުން 7 ދުވަހުގެ ތެރޭގައި ތަކެތި ގެންގޮސް ނިންމަންވާނެއެވެ.

 

 

 

 

 

 

 

 

ވީމާ، މި ތަކެތި ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖަނަވަރީ 2016 ވާ ދުވަހުގެ 13:30 އަށް މި ކޯޕަރޭޝަންގެ މުނިސިޕަލް ސައިޓް އޮޕަރޭޝަންސްގެ ސައިޓް (ގެރިކޮށި ކައިރި) އަށް ވަޑައިގެން މި ތަކެތި ބެއްލެވުމަށްފަހު 18 ޖަނަވަރީ 2016 ވަނަ ދުވަހު 13:30 އަށް ނީލަން އޮންނަ ސައިޓަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި ކޯޕަރޭޝަންގެ 3355193 އަށް ގުޅުއްވުން އެދެމެވެ.

27 ރަބީޢުލްއައްވަލް 1438

07 ޖަނަވަރީ 2016