ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2026/102

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

 

މަޤާމް:

އޮފިސަރ، ފައިނޭންސް

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-          ކަސްޓަމަރުންގެ ޕޭމަންޓް މުޢާމަލާތްތައް ބަލައި، ޞައްޙަކަން ކަށަވަރުކޮށް، ރެކޯޑުކޮށް ބެލެހެއްޓުން

-          ފައިސާ ނުލިބިވާ ބިލްތަކުގެ ތަފްޞީލީ ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް، މުއްދަތު ހަމަވެފައިވާ އެކައުންޓްތަކުން ފައިސާ ހޯދުމަށް ފިޔަވަޅުއެޅުން

-          ކަސްޓަމަރުންގެ އެކައުންޓްތަކުގައި ހުންނަ ހިސާބުގެ ފަރަގުތައް ރީކޮންސައިލްކޮށް، ބިލްތަކާ ގުޅޭ މައްސަލަތައް ޙައްލުކުރުން

-          އެކައުންޓްސް ރިސީވަބަލް ހަރަކާތްތަކާއި ކަލެކްޝަން ކަންކަމާ ގުޅޭ މަހު ރިޕޯޓާއި ކުއާޓަރީ ރިޕޯޓުތައް ތައްޔާރުކޮށް ހުށަހެޅުން

-          ކުންފުނީގެ ކްރެޑިޓް އުޞޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ކަލެކްޝަން މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން

ޝަރުތުތައް:

-          ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން ނުވަތަ ސީމާ (CIMA)/ އޭސީސީއޭ (ACCA) އާ އެއްފެންވަރުގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން

-          މަސައްކަތުގެ ދާއިރާއިން 2  އަހަރުގެ ތަޖްރިބާ ލިބިފައިވުން އަދި އެކައުންޓްސް ރިސީވަބަލް އާއި ކަލެކްޝަން ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ.

-          މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

-          SAP (ފައިނޭންސް މޮޑިލއުލް) ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެވެ.

 

މަހު މުސާރަ:

13،000ރ އާއި 16،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 25 މެއި 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

19 މެއި 2026

 

 

 

19 މޭ 2026
ހޯދާ