ދިވެހިރާއްޖެ
FSM-ADV/2026/102
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
|
މަޤާމް: |
އޮފިސަރ، ފައިނޭންސް |
|
ޑިޕާޓްމަންޓް/ސެކްސަން: |
ފައިނޭންސް |
|
ބޭނުންވާ ޢަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- ކަސްޓަމަރުންގެ ޕޭމަންޓް މުޢާމަލާތްތައް ބަލައި، ޞައްޙަކަން ކަށަވަރުކޮށް، ރެކޯޑުކޮށް ބެލެހެއްޓުން - ފައިސާ ނުލިބިވާ ބިލްތަކުގެ ތަފްޞީލީ ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް، މުއްދަތު ހަމަވެފައިވާ އެކައުންޓްތަކުން ފައިސާ ހޯދުމަށް ފިޔަވަޅުއެޅުން - ކަސްޓަމަރުންގެ އެކައުންޓްތަކުގައި ހުންނަ ހިސާބުގެ ފަރަގުތައް ރީކޮންސައިލްކޮށް، ބިލްތަކާ ގުޅޭ މައްސަލަތައް ޙައްލުކުރުން - އެކައުންޓްސް ރިސީވަބަލް ހަރަކާތްތަކާއި ކަލެކްޝަން ކަންކަމާ ގުޅޭ މަހު ރިޕޯޓާއި ކުއާޓަރީ ރިޕޯޓުތައް ތައްޔާރުކޮށް ހުށަހެޅުން - ކުންފުނީގެ ކްރެޑިޓް އުޞޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ކަލެކްޝަން މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން |
|
ޝަރުތުތައް: |
- ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން ނުވަތަ ސީމާ (CIMA)/ އޭސީސީއޭ (ACCA) އާ އެއްފެންވަރުގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން - މަސައްކަތުގެ ދާއިރާއިން 2 އަހަރުގެ ތަޖްރިބާ ލިބިފައިވުން އަދި އެކައުންޓްސް ރިސީވަބަލް އާއި ކަލެކްޝަން ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ. - މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން. - SAP (ފައިނޭންސް މޮޑިލއުލް) ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެވެ.
|
|
މަހު މުސާރަ: |
13،000ރ އާއި 16،000ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 25 މެއި 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
19 މެއި 2026