ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމްއަށް މީހުން ހޯދަން އިއުލާން ކުރަމެވެ.
|
މަޤާމު |
މެކޭނިކް |
|
ބޭނުންވާ ޢަދަދު |
( އެކެއް ) 1 |
|
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން) |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ށ.ފުނަދޫ އައިސް ޕްލާންޓް / މިފްކޯ |
|
ޖުމްލަ މުސާރަ: |
10,432.00 ރުފިޔާ |
|
އިތުރު ޢިނާޔަތްތައް: |
އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. |
|
ޝަރުޠު: |
ގްރޭޑް 10 ނިންމާފައިވުން އަދި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. މަސައްކަތާއި ގުޅުންހުރި ދާއިރާ އަކުން ސެޓްފިކެޓެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން |
|
މަޤާމުގެ މަސްޢޫލިއްޔަތު: |
ފަވަރހައުސް އަދި ކޮމްޕްރަސަރ ރޫމްގެ ޑިއުޓީ އަދާކުރުން މެޝިނަރީސްއަށް ދިމާވާ މައްސަލަތައް ހައްލުކުރުން ޕްލާންޓްގައި މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ (ޓޫލްސް) ރައްކާތެރިކަމާއިއެކު ބެލެހެއްޓުން. ރެޕިއަރ މެއިންޓަނަންސް މަސައްކަތް ޝެޑިއުލްކޮށް ބެލެހެއްޓުން. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް: |
ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން. |
|
އިންޓަރވިއުކުރުން: |
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ. |
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން). ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު އަދި ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް) ބ- ޕޮލިސްރިޕޯޓް |
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަންނަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 23 މެއި 2026 ދުވަހުގެ މެންދުރު 12:00ގެ ކުރިންނެވެ މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. |
|
|
|
ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.
