ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/70
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2026
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 23 މޭ 2026 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެކޭނިކް - ށ.ފުނަދޫ އައިސް ޕްލާންޓް / މިފްކޯ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމްއަށް މީހުން ހޯދަން އިއުލާން ކުރަމެވެ.

މަޤާމު

 މެކޭނިކް

ބޭނުންވާ ޢަދަދު

( އެކެއް ) 1 

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ށ.ފުނަދޫ އައިސް ޕްލާންޓް / މިފްކޯ

ޖުމްލަ މުސާރަ:

 10,432.00 ރުފިޔާ   

އިތުރު ޢިނާޔަތްތައް:

 އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

ގްރޭޑް 10 ނިންމާފައިވުން އަދި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަސައްކަތާއި ގުޅުންހުރި ދާއިރާ އަކުން ސެޓްފިކެޓެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

ފަވަރހައުސް އަދި ކޮމްޕްރަސަރ ރޫމްގެ ޑިއުޓީ އަދާކުރުން

މެޝިނަރީސްއަށް ދިމާވާ މައްސަލަތައް ހައްލުކުރުން

ޕްލާންޓްގައި މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ (ޓޫލްސް) ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

ރެޕިއަރ މެއިންޓަނަންސް މަސައްކަތް ޝެޑިއުލްކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު އަދި ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑް އޮފީސް ރިސެޕްޝަންނަށެވެ.

އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 23 މެއި 2026 ދުވަހުގެ މެންދުރު 12:00ގެ ކުރިންނެވެ

މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

 

17 މޭ 2026