ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
ނަޑެއްލާ ސްކޫލުގެ ދަރިވަރުންގެ ފާޚާނަތައް މަރާމާތްކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

މި އިއުލާނަކީ މި ސްކޫލުން ކުރެވުނު އިޢުލާން ނަމްބަރު GS204/NS/IUL/2026/03އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ 2 ވަނަ ފަހަރަށް  ކުރެވޭ އިޢުލާނެކެވެ.

 

މި ސްކޫލުގެ ދަރިވަރުން ބޭނުންކުރަމުންއަންނަ 5 ފާޚާނާއެއްގެ ފާޚާނާ ތައްޓާއި ސިންކުތަށި ބަދަލުކުރުމުގެ އިތުރުން ޕްރީސްކޫލުގެ ފާޚާނާގެ ސީލިންގު ބަދަލުކުރުމާއި ފިރިހެން ދަރިވަރުންގެ 2 ފާޚާނައިގެ ދޮރާއި ދޮރުފަތް މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި މަރާމާތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 20 މޭ 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އެގޮތުން ރަޖިސްޓްރީކުރުމަށް ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ނުވަތަ ގޫގަލް ފޯމު ފިލް ކުރައްވާ :

 

https://forms.gle/uFqXcM7eBiEp3YJW8

 

  1. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
  2. ވިޔަފާރި ރަޖިސްޓްރީ ނަންބަރ:
  3. އީމެއިލް އެޑްރެސް:
  4. ގުޅޭން މޯބައިލް ނަންބަރ:

 

މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ނަޑެއްލާ ސްކޫލުގެ ޕްރިންސިޕަލް ކެބިންގައެވެ.

 

  • ބީލަން ހުށަހެޅުން އޮންނާނީ 04 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ނަޑެއްލާ ސްކޫލު ޕްރިންސިޕަލް ކެބިންގައެވެ.

 

  • މި  މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ދެވިފައިވާ ރަޖިސްޓްރީކުރުމުގެ ސުންގަޑީގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  • ނަންނޯޓު ކުރުމަށާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނާނެއެވެ.

 

 

ނަޑެއްލާ ސްކޫލް

ގދ. ނަޑެއްލާ

ފޯން: 7900920/ 6840064  

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

 

14 މޭ 2026
ހޯދާ