ދިވެހިރާއްޖެ
މި އިއުލާނަކީ މި ސްކޫލުން ކުރެވުނު އިޢުލާން ނަމްބަރު GS204/NS/IUL/2026/03އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ 2 ވަނަ ފަހަރަށް ކުރެވޭ އިޢުލާނެކެވެ.
މި ސްކޫލުގެ ދަރިވަރުން ބޭނުންކުރަމުންއަންނަ 5 ފާޚާނާއެއްގެ ފާޚާނާ ތައްޓާއި ސިންކުތަށި ބަދަލުކުރުމުގެ އިތުރުން ޕްރީސްކޫލުގެ ފާޚާނާގެ ސީލިންގު ބަދަލުކުރުމާއި ފިރިހެން ދަރިވަރުންގެ 2 ފާޚާނައިގެ ދޮރާއި ދޮރުފަތް މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި މަރާމާތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 20 މޭ 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އެގޮތުން ރަޖިސްޓްރީކުރުމަށް ތިރީގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
ނުވަތަ ގޫގަލް ފޯމު ފިލް ކުރައްވާ :
https://forms.gle/uFqXcM7eBiEp3YJW8
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
- ވިޔަފާރި ރަޖިސްޓްރީ ނަންބަރ:
- އީމެއިލް އެޑްރެސް:
- ގުޅޭން މޯބައިލް ނަންބަރ:
މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ނަޑެއްލާ ސްކޫލުގެ ޕްރިންސިޕަލް ކެބިންގައެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 04 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ނަޑެއްލާ ސްކޫލު ޕްރިންސިޕަލް ކެބިންގައެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ދެވިފައިވާ ރަޖިސްޓްރީކުރުމުގެ ސުންގަޑީގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- ނަންނޯޓު ކުރުމަށާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނާނެއެވެ.
ނަޑެއްލާ ސްކޫލް
ގދ. ނަޑެއްލާ
ފޯން: 7900920/ 6840064
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]