މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން

ބެލެންސް އޮފް ޕޭމަންޓްސް ސެކްޟަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް) – ކޮންޓްރެކްޓް ވަޒީފާ

ވަޒީފާގެ މުއްދަތު:

  • 01 އަހަރު

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އިކޮނޮމިކްސް، ފައިނޭންސް، ބޭންކިންގ، އެކައުންޓިންގ ނުވަތަ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި އިސްކަންދެވޭނެ ކަންކަން:
  • މާލީ އަދި އިޤްތިސާދީ ދާއިރާގެ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވުން.
  • މައިކްރޯސްފްޓް ވޯޑާއި އެކްސެލް ބޭނުންކުރަން އެނގުމާއި އީވިއުސް، ސްޓޭޓާ ފަދަ ސޮފްޓްވެއަރ ތަކަށް އަހުލުވެރިވުން އަދި އާރު ނުވަތަ ޕައިތަންގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެކްސްޓާނަލް ސެކްޓާ އަދި އެހެނިހެން މެކްރޯއިކޮނޮމިކް ތަފާސްހިސާބު އެއްކުރުމާއި ބެލެހެއްޓުމުގެ މަސައްކަތުގައި އެހީތެރިވުން.
  • މޯލްޑިވްސް އިންޓަނޭޝަނަލް ޓްރާންސެކްޝަންސް ރިޕޯޓިން ސިސްޓަމް (MITRS) ގެ ދަށުން ހިންގޭ މުއާމަލާތްތަކުގެ ޑޭޓާ ބަލައި ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  • ބެލެންސް އޮފް ޕޭމެންޓްސް ތަފާސްހިސާބާ ގުޅޭ ސަރވޭތައް ހިންގުމުގައި އެހީތެރިވުން.
  • ބެލެންސް އޮފް ޕޭމެންޓްސް ތަފާސްހިސާބު އެކުލަވާލުމުގައާއި ފޯކާސްޓްތައް ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  • ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަށާއި އެހެނިހެން އިދާރާތަކަށް ތަފާސްހިސާބު ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެހީތެރިވުން.
  • އެކްސްޓާނަލް ސެކްޓަރ ތަފާސްހިސާބުތައް އެނަލައިޒްކޮށް އެ އެނެލިސިސްތަކާ ގުޅޭ ލިޔުންތައް އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވުން.

މުސާރަޔާއިއިނާޔަތްތައް

 20،500.00  22,300.00  - ރުފިޔާ

 

މަޤާމް

ގްރެފިކްސް ޑިޒައިނަރ

ސެކްޝަން/ޑިވިޜަން

މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ސެކްޝަން / އެގްޒެކެޓިވް އޮފީސް

ބޭނުންވާ ޢަދަދު

01 (އެކެއް) – ކޮންޓްރެކްޓް ވަޒީފާ

ވަޒީފާގެ މުއްދަތު:

  • 01 އަހަރު

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ގްރެފިކް ޑިޒައިން، މަލްޓިމީޑިއާ ޑިޒައިން، ވިޜުއަލް ކޮމިޔުނިކޭޝަން، މީޑިއާ ޕްރޮޑަކްޝަން ނުވަތަ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑީގްރީ ހާސިލް ކޮށްފައިވުން ނުވަތަ؛
  • ގުޅޭ ދާއިރާގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުމާއެކު ގްރެފިކް ޑިޒައިން އާއި މަލްޓިމީޑިއާގެ ގާބިލްކަން ދައްކުވައިދޭ ޕޯޓްފޯލިއޯއެއް އޮތުން.
  • ވަޒީފާ ހަމަޖެއްސުމުގައި އިސްކަންދެވޭނެ ކަންކަން:
  • އެޑޯބީ ފޮޓޯޝޮޕް، އިލަސްޓްރޭޓަރ، އިންޑިޒައިން، ޕްރިމިއަރ ޕްރޯ އަދި އާފްޓަރ އިފެކްޓްސް ފަދަ އެޑޯބީ ކްރިއޭޓިވް ސުއީޓް ސޮފްޓްވެއަރތަކަށް ފަރިތަވުން.
  • ގްރެފިކް ޑިޒައިނިންގ، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ ހުނަރު ބޭނުންކޮށްގެން، ޗާޕުކޮށްގެންނާއި ޑިޖިޓަލްކޮށް ބޭނުންކުރާނެ ފެންވަރު ރަނގަޅު ކޮންޓެންޓާއި މޯޝަން ގްރަފިކްސް ފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ފަންނީ ތަޖުރިބާލިބިފައިވުން.
  • ބްލެންޑަރ ނުވަތަ މާޔާ ފަދަ ތުރީޑީ ސޮފްޓްވެއަރތަކުގެ ތަޖްރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސޯޝަލް މީޑިއާ ޕޯސްޓްތަކާއި، ޕަބްލިކޭޝަންތަކާއި، ރިޕޯޓްތަކާއި، ޕްރެޒެންޓޭޝަންތަކާއި، ބެނާތަކާއި، އިޝްތިހާރުތަކާއި، އިވެންޓް ބްރޭންޑިންގ އަދި އެހެނިހެން ޕްރޮމޯޝަނަލް މެޓީރިއަލްސް ހިމެނޭ ގޮތަށް އޮތޯރިޓީއަށް ބޭނުންވާ ކްރިއޭޓިވް ވިޜުއަލް މެޓީރިއަލްސް ޑިޒައިންކޮށް ޑިވެލޮޕްކުރުން.
  • އެމްއެމްއޭގެ ބްރޭންޑިންގ އަދި ކޮމިއުނިކޭޝަން ސްޓޭންޑަރޑްސް އާއި އެއްގޮތަށް ކްރިއޭޓިވް ކޮންސެޕްޓްސް، ލޭއައުޓްސް، އިލަސްޓްރޭޝަންސް، އިންފޯގްރެފިކްސް އަދި އެހެނިހެން ގްރެފިކް ކޮންޓެންޓް ތައްޔާރުކުރުން.
  • އެމް.އެމް.އޭ އިން ބާއްވާ ބައްދަލުވުންތަކާއި، އިވެންޓްތަކާއި، ސެމިނާތަކާއި، ތަމްރީނުތަކާއި، އެހެނިހެން ހަރަކާތްތަކުގެ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ކަވަރޭޖް ކުރުން.
  • އެމްއެމްއޭ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކާއި ޕަބްލިކޭޝަންތަކާއި އެހެނިހެން މުވާސަލާތީ ޗެނަލްތަކުގައި ބޭނުންކުރުމަށް ފޮޓޯއާއި ވީޑިއޯއާއި މޯޝަން ގްރެފިކްސް އަދި އެހެނިހެން މަލްޓިމީޑިއާ ކޮންޓެންޓް އެޑިޓްކޮށް ޕްރޮޑިއުސްކުރުން.
  • އެމްއެމްއޭ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެހެނިހެން ޑިޖިޓަލް ކޮމިއުނިކޭޝަން ޗެނަލްތަކުގައި ވިޜުއަލް ކޮންޓެންޓް މެނޭޖްކޮށް އަޕްޑޭޓްކުރުމުގައި އެހީތެރިވުމާއި މި ތަކެތީގެ އަރުޝީފު ބެލެހުއްޓުން.
  • އޮތޯރިޓީގެ ޕަބްލިކޭޝަން، ޕްރިންޓިންގ އަދި ޕްރޮޑަކްޝަނާ ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

މުސާރަޔާއި އިނާޔަތްތައް

23,000.00 – 24,800.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާރސްޓަރސް ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން
  • ޑިގްރީ އަދި މާރސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރިޑެޓްކޮށްފައި ނުވާނަމަ، އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން
  • މަސައްކަތުގެ ތަޖުރިބާ ބޭނުންވާ މަޤާމުތަކަށް، އެކަންކަން ސާބިތުކުރެވޭނެ ލިޔެކިޔުން ހުށަހަޅަންވާނެ. އަދި ލިޔެކިޔުން ހުށަހަޅާފައިނުވާނަމަ، އެޕްލިކޭޝަން ބަލައިނުގަނެވޭނެ.
  • ވަޒީފާއެއް އަދާކުރައްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

 21 މޭ 2026 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާނީ ވަޒީފާއަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާ/ވަޒީފާތައް އަދާކޮށްފައިވާ ގޮތަށެވެ.

13 މޭ 2026
ހޯދާ