|
މަޤާމް
|
ގްރެފިކްސް ޑިޒައިނަރ
|
|
ސެކްޝަން/ޑިވިޜަން
|
މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ސެކްޝަން / އެގްޒެކެޓިވް އޮފީސް
|
|
ބޭނުންވާ ޢަދަދު
|
01 (އެކެއް) – ކޮންޓްރެކްޓް ވަޒީފާ
|
|
ވަޒީފާގެ މުއްދަތު:
|
|
|
ތަޢުލީމީ ފެންވަރާއި ތަޖްރިބާ
|
- ގްރެފިކް ޑިޒައިން، މަލްޓިމީޑިއާ ޑިޒައިން، ވިޜުއަލް ކޮމިޔުނިކޭޝަން، މީޑިއާ ޕްރޮޑަކްޝަން ނުވަތަ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑީގްރީ ހާސިލް ކޮށްފައިވުން ނުވަތަ؛
- ގުޅޭ ދާއިރާގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުމާއެކު ގްރެފިކް ޑިޒައިން އާއި މަލްޓިމީޑިއާގެ ގާބިލްކަން ދައްކުވައިދޭ ޕޯޓްފޯލިއޯއެއް އޮތުން.
- ވަޒީފާ ހަމަޖެއްސުމުގައި އިސްކަންދެވޭނެ ކަންކަން:
- އެޑޯބީ ފޮޓޯޝޮޕް، އިލަސްޓްރޭޓަރ، އިންޑިޒައިން، ޕްރިމިއަރ ޕްރޯ އަދި އާފްޓަރ އިފެކްޓްސް ފަދަ އެޑޯބީ ކްރިއޭޓިވް ސުއީޓް ސޮފްޓްވެއަރތަކަށް ފަރިތަވުން.
- ގްރެފިކް ޑިޒައިނިންގ، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ ހުނަރު ބޭނުންކޮށްގެން، ޗާޕުކޮށްގެންނާއި ޑިޖިޓަލްކޮށް ބޭނުންކުރާނެ ފެންވަރު ރަނގަޅު ކޮންޓެންޓާއި މޯޝަން ގްރަފިކްސް ފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ފަންނީ ތަޖުރިބާލިބިފައިވުން.
- ބްލެންޑަރ ނުވަތަ މާޔާ ފަދަ ތުރީޑީ ސޮފްޓްވެއަރތަކުގެ ތަޖްރިބާ ލިބިފައިވުން.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ސޯޝަލް މީޑިއާ ޕޯސްޓްތަކާއި، ޕަބްލިކޭޝަންތަކާއި، ރިޕޯޓްތަކާއި، ޕްރެޒެންޓޭޝަންތަކާއި، ބެނާތަކާއި، އިޝްތިހާރުތަކާއި، އިވެންޓް ބްރޭންޑިންގ އަދި އެހެނިހެން ޕްރޮމޯޝަނަލް މެޓީރިއަލްސް ހިމެނޭ ގޮތަށް އޮތޯރިޓީއަށް ބޭނުންވާ ކްރިއޭޓިވް ވިޜުއަލް މެޓީރިއަލްސް ޑިޒައިންކޮށް ޑިވެލޮޕްކުރުން.
- އެމްއެމްއޭގެ ބްރޭންޑިންގ އަދި ކޮމިއުނިކޭޝަން ސްޓޭންޑަރޑްސް އާއި އެއްގޮތަށް ކްރިއޭޓިވް ކޮންސެޕްޓްސް، ލޭއައުޓްސް، އިލަސްޓްރޭޝަންސް، އިންފޯގްރެފިކްސް އަދި އެހެނިހެން ގްރެފިކް ކޮންޓެންޓް ތައްޔާރުކުރުން.
- އެމް.އެމް.އޭ އިން ބާއްވާ ބައްދަލުވުންތަކާއި، އިވެންޓްތަކާއި، ސެމިނާތަކާއި، ތަމްރީނުތަކާއި، އެހެނިހެން ހަރަކާތްތަކުގެ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ކަވަރޭޖް ކުރުން.
- އެމްއެމްއޭ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކާއި ޕަބްލިކޭޝަންތަކާއި އެހެނިހެން މުވާސަލާތީ ޗެނަލްތަކުގައި ބޭނުންކުރުމަށް ފޮޓޯއާއި ވީޑިއޯއާއި މޯޝަން ގްރެފިކްސް އަދި އެހެނިހެން މަލްޓިމީޑިއާ ކޮންޓެންޓް އެޑިޓްކޮށް ޕްރޮޑިއުސްކުރުން.
- އެމްއެމްއޭ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެހެނިހެން ޑިޖިޓަލް ކޮމިއުނިކޭޝަން ޗެނަލްތަކުގައި ވިޜުއަލް ކޮންޓެންޓް މެނޭޖްކޮށް އަޕްޑޭޓްކުރުމުގައި އެހީތެރިވުމާއި މި ތަކެތީގެ އަރުޝީފު ބެލެހުއްޓުން.
- އޮތޯރިޓީގެ ޕަބްލިކޭޝަން، ޕްރިންޓިންގ އަދި ޕްރޮޑަކްޝަނާ ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
|
|
މުސާރަޔާއި އިނާޔަތްތައް
|
23,000.00 – 24,800.00 ރުފިޔާ
|
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ޑިގްރީ ނުވަތަ މާރސްޓަރސް ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން
- ޑިގްރީ އަދި މާރސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރިޑެޓްކޮށްފައި ނުވާނަމަ، އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން
- މަސައްކަތުގެ ތަޖުރިބާ ބޭނުންވާ މަޤާމުތަކަށް، އެކަންކަން ސާބިތުކުރެވޭނެ ލިޔެކިޔުން ހުށަހަޅަންވާނެ. އަދި ލިޔެކިޔުން ހުށަހަޅާފައިނުވާނަމަ، އެޕްލިކޭޝަން ބަލައިނުގަނެވޭނެ.
- ވަޒީފާއެއް އަދާކުރައްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން
|
|
ސުންގަޑި
|
21 މޭ 2026 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް
|