ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ދެވަމަ ޓާމުގެ ކޯސްތަކަށް އިޢުލާން ކުުރުން

އިޢުލާން

 

2026 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 17 މޭ 2026 ވާ އާދިއްތަ ދުވަހު ހެނދުނު 08:00 އިން ފެށިގެން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު  courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:

Application announcement 2026 - Term 2

 

 

ކޯސްތަކަށް އެޕްލައި ކުރާއިރު ހުށަހަޅާ ލިޔުންތައް ހުންނަންވާނީއެއްފައިލެއްގޮތުގައި ކިޔަން ސާފުވާނެހެން ޕީ.ޑީ.އެފް. ފޯމެޓުގައި ސްކޭން ކުރެވިފައެވެ.

ތިރީގައި މިވާ ކޯސްތަކަށް ހޮވުނުކަމުގެ ލިޔުންދޫކުރާނީ 30 ޖުލައި 2026 ގެ ފަހުންނެވެ.

 

  1. އެޑްވާންސްޑް ސެޓްފިކްޓް އިން ނަރސިންގ
  2. ބެޗްލަރ އޮފް ނަރސިންގ
  3. ބެޗްލަރ އޮފް ފިޒިއޮތެރަޕީ

 

 

19 ޛުލްޤަޢިދާ 1447

07 މޭ 2026
ހޯދާ