ދިވެހިރާއްޖެ
އިޢުލާން
2026 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 17 މޭ 2026 ވާ އާދިއްތަ ދުވަހު ހެނދުނު 08:00 އިން ފެށިގެން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2026 - Term 2
ކޯސްތަކަށް އެޕްލައި ކުރާއިރު ހުށަހަޅާ ލިޔުންތައް ހުންނަންވާނީއެއްފައިލެއްގޮތުގައި ކިޔަން ސާފުވާނެހެން ޕީ.ޑީ.އެފް. ފޯމެޓުގައި ސްކޭން ކުރެވިފައެވެ.
ތިރީގައި މިވާ ކޯސްތަކަށް ހޮވުނުކަމުގެ ލިޔުންދޫކުރާނީ 30 ޖުލައި 2026 ގެ ފަހުންނެވެ.
- އެޑްވާންސްޑް ސެޓްފިކްޓް އިން ނަރސިންގ
- ބެޗްލަރ އޮފް ނަރސިންގ
- ބެޗްލަރ އޮފް ފިޒިއޮތެރަޕީ
19 ޛުލްޤަޢިދާ 1447