|
މަޤާމް :
|
ސީނިއަރ އިންޓާނަލް އޮޑިޓަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/15000 ރުފިޔާ (ފަނަރަހާސް ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/5500 ރުފިޔާ (ފަސްހާސް ފައްސަތޭކަ ރުފިޔާ)
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް :
|
އޮޑިޓް ޔުނިޓް
|
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކްއުންޓްސް (IFAC) ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެއްގެ މެމްބަރެއް ނުވަތަ ޗާޓަޑް އިންޓާރނަލް އޮޑިޓަރ އެއް ކަމުގައިވުން އަދި އޮޑިޓް ދާއިރާގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
- އޮޑިޓިންގ ނުވަތަ އެކައުންޓިން، ފައިނޭންސްގެ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ފާހެއް އޮތުމާއިއެކު 5 އަހަރު ދުވަހު އޮޑިޓް ދާއިރާގައި އަމަލީ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން
|
|
މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް
|
- އިންޓަރނަލް އޮޑިޓިންގ އާ ގުޅޭ އަހަރީ ޕްލޭން ވަކި ޚާއްޞަ އޮޑިޓް ޕްރޮގްރާމްތަކަށް ތަންފިޒުކުރުމަށްޓަކައި ރިސްކް ސްކޯޕިން ކަޑައެޅުމުގަޔާއި އޮޑިޓް ޕްރޮގްރާމްތައް ޑިޒައިންކުރުމުގަޔާއި ވަގުތާއި އޮޑިޓް ތަކުގައި އެންގޭޖްވާ މުވައްޒަފުން ކަޑައެޅުމުގައި ސީ .އައި.އޭ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
- އޮޑިޓްތައް ކަޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ގެންދެވޭކަން ކަށަވަރު ކުރުމާއި އޮޑިޓް މަސައްކަތްތަކުގައި އެންމެ މަތީ ފެންވަރުގެ އެތިކަލް ސްޓޭންޑަރޑްތަކާއި އިންޓެގްރިޓީ ހިފެއްޓޭކަން ކަށަވަރުކުރުން
- ކުރެވޭ އޮޑިޓްތަކުގެ އެންޓްރީ އަދި އެގްޒިޓް މީޓިންގތައް އިންތިޒާމުކުރުމާއި އެފަދަ މީޓިންގތައް ލީޑް ކުރުމާއި، ރިޕޯޓުތައް ޑްރާފްޓްކޮށް ތައްޔާރުކުރުމާއި، އޮޑިޓްތަކުގެ ނިންމުންތައް މެނެޖްމަންޓަށާއި އޮޑިޓް ކޮމިޓީއަށް ހިއްސާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމާއި އަދި އެކަންކަމާ ގުޅޭގޮތުން ކަމާބޭހޭ އެންމެހައި ފަރާތްތަކާ މުވާސަލާތު ކުރުން
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- އޮޑިޓިންގ ދާއިރާއިން މަސައްކަތްތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
- ކުރެވޭ އިންޓަރވިއުއިން ފާސްވުން
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
|
|
ރަސްމީ މަސައްކަތު ގަޑި:
|
- ހެނދުނު 08:00 އިން 15:00 އަށް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް
|
- ވަޒީފާއަށްއެދޭ ފޯމް
- ވަނަވަރު (ސީވީ)
- އައިޑީ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
- ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 މޭ 12 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2026 މޭ 12 ވާ އަންގާރަ ދުވަހުގެ 13:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
|
ވަޒީފާއަށް އެދޭނެ ގޮތް:
|
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. https://www.maldivespost.com/media/downloads/job-application-form
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894/3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|