ވަޒީފާގެ ފުރުޞަތު
ނަންބަރު: HR-MPL/IUL/2026/ 70
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2026
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 12 މޭ 2026 13:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އިންޓާނަލް އޮޑިޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމް :

ސީނިއަރ އިންޓާނަލް އޮޑިޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/15000 ރުފިޔާ (ފަނަރަހާސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/5500 ރުފިޔާ (ފަސްހާސް ފައްސަތޭކަ ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ ) 
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

އޮޑިޓް ޔުނިޓް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

 

  • އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އެކްއުންޓްސް (IFAC) ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެއްގެ މެމްބަރެއް ނުވަތަ ޗާޓަޑް އިންޓާރނަލް އޮޑިޓަރ އެއް ކަމުގައިވުން އަދި އޮޑިޓް ދާއިރާގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  •   އޮޑިޓިންގ ނުވަތަ އެކައުންޓިން، ފައިނޭންސްގެ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ފާހެއް އޮތުމާއިއެކު 5 އަހަރު ދުވަހު އޮޑިޓް ދާއިރާގައި އަމަލީ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން

 

މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް

  • އިންޓަރނަލް އޮޑިޓިންގ އާ ގުޅޭ އަހަރީ ޕްލޭން ވަކި ޚާއްޞަ އޮޑިޓް ޕްރޮގްރާމްތަކަށް ތަންފިޒުކުރުމަށްޓަކައި ރިސްކް ސްކޯޕިން ކަޑައެޅުމުގަޔާއި އޮޑިޓް ޕްރޮގްރާމްތައް  ޑިޒައިންކުރުމުގަޔާއި ވަގުތާއި އޮޑިޓް ތަކުގައި އެންގޭޖްވާ މުވައްޒަފުން ކަޑައެޅުމުގައި ސީ .އައި.އޭ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
  • އޮޑިޓްތައް  ކަޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ގެންދެވޭކަން ކަށަވަރު ކުރުމާއި އޮޑިޓް މަސައްކަތްތަކުގައި އެންމެ މަތީ ފެންވަރުގެ އެތިކަލް ސްޓޭންޑަރޑްތަކާއި އިންޓެގްރިޓީ ހިފެއްޓޭކަން ކަށަވަރުކުރުން 
  • ކުރެވޭ އޮޑިޓްތަކުގެ އެންޓްރީ އަދި އެގްޒިޓް މީޓިންގތައް އިންތިޒާމުކުރުމާއި އެފަދަ މީޓިންގތައް ލީޑް ކުރުމާއި،  ރިޕޯޓުތައް ޑްރާފްޓްކޮށް ތައްޔާރުކުރުމާއި، އޮޑިޓްތަކުގެ ނިންމުންތައް މެނެޖްމަންޓަށާއި އޮޑިޓް ކޮމިޓީއަށް ހިއްސާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމާއި އަދި އެކަންކަމާ ގުޅޭގޮތުން ކަމާބޭހޭ އެންމެހައި ފަރާތްތަކާ  މުވާސަލާތު ކުރުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އޮޑިޓިންގ ދާއިރާއިން މަސައްކަތްތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
  • ކުރެވޭ އިންޓަރވިއުއިން ފާސްވުން
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު،  2026  މޭ 12 ވާ އަންގާރަ ދުވަހުގެ  13:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް  2026  މޭ 12 ވާ އަންގާރަ ދުވަހުގެ  13:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894/3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
06 މޭ 2026