ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ލ.ބަރެސްދޫގައި ކުރިޔަށްގެންދާ ގެސްޓްހައުސް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން މިރަށުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުން ތިމާވެށްޓަށް އަސަރުކުރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް 27 ޑިސެންބަރު 2015 ދުވަހު ކުރެވުނު ނަންބަރު: IUL)MMPRC-HAS/1/2015/81) އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިކޯޕަރޭޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރުއްވުން އެދެމެވެ.
20 ރަބީޢުލްއައްވަލް 1437