މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2015/83
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 07 ޖަނަވަރީ 2016 14:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ތިމާވެށްޓަށް އަސަރުކުރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ލ.ބަރެސްދޫގައި ކުރިޔަށްގެންދާ ގެސްޓްހައުސް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން މިރަށުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުން ތިމާވެށްޓަށް އަސަރުކުރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް 27 ޑިސެންބަރު 2015 ދުވަހު ކުރެވުނު ނަންބަރު: IUL)MMPRC-HAS/1/2015/81) އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިކޯޕަރޭޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރުއްވުން އެދެމެވެ.

20 ރަބީޢުލްއައްވަލް 1437

31 ޑިސެންބަރު 2015