ދިވެހިރާއްޖެ
އިޢުލާން
ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މި ސްކޫލް އިން ކޮށްފައިވާ އިޢުލާން ނަންބަރު GS-204/IU/2015/41 އަށް އިޖާބަ ދީފައިވަނީ އެންމެ ފަރާތަކުން ކަމަށް ވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
2016 ވަނަ އަހަރު ނަޑެއްލާ ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ފަރުނީޗަރާއި ހިފައި ގެންގުޅޭ ތަކެއްޗާއެކު ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ޖަނަވަރީ 2016 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އަގު ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހެޅުއްވުން އެދެމެވެ. ކުއްޔަށް ދިނުމަށް ހުށަހަޅާ ގޭގައި ތިރީގައިވާ ޝަރުޠުތައް ހަމަވުމާއެކު އިންވެންޓްރީގައި ތިރީގައި މިވާ ތަކެތި ހިމެނިފައިވާންވާނެއެވެ.
ޝަރުޠުތައް:
1- ސިޓިންގ ރޫމާއެކު ދެކޮޓަރީގެ އެޕާޓްމަންޓެއް ކަމުގައިވުން. ( ފަރުނީޗަރާއި އެޓޭޗް ފާޚާނާއެކު/ އެއް ކޮޓަރި އޭސީ ކުރެވިފައިވުން)
2- ކޮޓަރިން ފާޚާނާއަށް ވަދެވޭގޮތަށް ހުރުން. (ރަނގަޅު ފެންވަރެއްގައި ފެންވައިރު ކުރެވިފައި)
3- ބަދިގެއާއި ކާތަނެއް ހުރުން.
4- ކުއްޔަށް ދިނުމަށް ހުށަހަޅާ ގޭގެ ވަށައިފާރު ރޭނިފައިވުން.
5- ބޯފެން ނެގޭނެ އިންތިޒާމު ހަމަޖެހިފައިވުން.
އިންވެންޓްރީ:
| ސިޓިންގ ރޫމް | ކޮޓަރި 1 ފާޚާނާއާއި ފިޓިންގސްއާ އެކު | ކޮޓަރި 2 ފާޚާނާއާއި ފިޓިންގސްއާ އެކު | |||
| 1 | ޓީވީ ރިމޯޓާ އެކު | 1 | ޑަބަލް އެނދު | 1 | ޑަބަލް އެނދު ނުވަތަ 2 ސިންގަލް އެނދު | 
| 1 | ޓީވީ ރެކް | 1 | ކުޑަ މޭޒު | 1 | ކުޑަ މޭޒު | 
| 1 | ސޯފާސެޓް | 1 | އަލަމާރި (3 ދޮރުފަތްލީ) | 1 | އަލަމާރި | 
| 1 | ފޮތްލާ ހަރު | 1 | ޑްރެސިންގް ޓޭބަލް | 1 | ޑްރެސިންގް ޓޭބަލް | 
| 
 | 
 | 2 | ސެޓް ބެޑްޝީޓް 2 އުރައާއެކު | 2 | ސެޓް ބެޑްޝީޓް 2 އުރައާއެކު | 
| 
 | 
 | 2 | ބާލީސް | 2 | ބާލީސް | 
| 
 | 
 | 1 | ފާޚާނާ ސާފުކުރާ ބުރުސް | 1 | ފާޚާނާ ސާފުކުރާ ބުރުސް | 
| 
 | 
 | 1 | ފާޚާނާ ސެޓްކޮމްޕްލީޓް | 1 | ފާޚާނާ ސެޓްކޮމްޕްލީޓް | 
| 
 | 
 | 1 | ދާވަށި | 1 | ދާވަށި | 
| 
 | 
 | 1 | ތުވާލި ހަރު | 1 | ތުވާލި ހަރު | 
| ބަދިގޭ ސާމާނު | ||||
| 6 ބަތްކާތަށި | 1 ފެންކައްކާ ޖަގު/ކުރާ | 1 ޓޯސްޓަރ | 1 ރޮށިފިހާ ތަވާ | 2 ވަޅި/ކުޑަ ބޮޑު | 
| 6 ޖޯޑް ވަތުތައްޓާއެކު | 1 ރޮށިދަމާ ފިލާގަނޑު | 6 ބިއްލޫރި ތަށި | 1 ތަށިބަހައްޓާ ހަރު | 1 ދޭފަތް ރޮށި ނަގާ | 
| 1 ޓަށި ބަތްއަޅާ މަތިޖެހި | 4 ސަމުސާ (ކުޑަ، ރިހައަޅާ) | 3 ދޭފަތް | 1 މިކްސަރ ގްރައިންޑަރ | 1 ހުނިގާނާ ދަތި/ ގޮނޑި | 
| 2 ތަށި ރިހައަޅާ | 1 ސެޓް ޓޭބަލް މެޓް | 1 ރައިސްކުކަރު | 1 ރޮށިލާތަށި | 4 ތެލި ސަރަފޯހާއެކު | 
| 1 ކަޓިން ބޯޑް | 1 ތަވާ ބިސްގަނޑު އަޅާ | 1 ތަރުކާރީ ގާނާ އެތި | 1 ޓޯސްޓަރ | 1 ބިއްލޫރި ތަށި ޖަހާ ހަރު | 
| 1 ސެޓް ޓޭބަލް މެޓް (6 ޕީސް) | 1 ފުއްފުރޭނި | 1 ސަމުސާ ޖަހާއެތި | 1 ހަވާދު އަޅާ ސެޓް | 2 ތަނުން ކެކޭ ގޭސްއުނދުން | 
| 1 ދަޅުކެނޑި | 1 ކަޓިންބޯޑު | 4 ގޮނޑީގެ ކާމޭޒު ސެޓެއް | ސިންކު | ބަދިގޭ ކަބަޑު ސެޓް | 
| 1 ޖަގު މަތިޖެހި (މެދު ސައިޒް) | 1 ކިރުފުރޭނި | 1 އައިސް އަލަމާރި | 1 އަވަން | 3 މަތިޖަހާ ބާލިދި/ދަޅު ޕްލާސްޓިކު – މެދު ސައިޒް | 
| ލޯންޑްރީ ސާމާނު / އެހެނިހެން ސާމާނު | |||||||
| 2 | ފިހިގަނޑު | 2 | ޑަސްބިން | 2 | މޮޕް | 1 | މޮޕް ބާލިދީ | 
| 1 | ކުނިނަގާ އަތްގަނޑު | 1 | އިސްތިރިކުރާ ބޯޑް | 1 | އިސްތިރި | 1 | ދޮންނަމެޝިން | 
| 1 | މެޝިނަށް ފެންއަޅާ ހޮޅި | 4 | ފައި ފުހި | 1 | ބޯފެން ނަގާ ކަޅުހަން | 
 | 
 | 
ގެކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތްތަކަށް މާކްސް ދެވޭ ގޮތުގެ ތަފުސީލު
| މާކްސްދެވޭ ކްރައިޓީރިއާ | މާކްސް ދެވޭ ގޮތް | ތަފުސީލު | ފޯމިއުލާ | 
| ކުލި | 50% | 
 | (Benchmark Price / Submitted Price) x Allocated Percentage | 
| ކަރަންޓް | 15 ޕޮއިންޓް | 
 | 
 | 
| ކައްކައިދިނުން | 20 ޕޮއިންޓް | 
 ގޭގެ ވެރިފަރާތުން ހެދުނުސައި، މެންދުރުގެ ކެއުން އަދި ރޭގަނޑުގެ ކެއުން ކައްކައި ދޭނަމަ 20 ޕޮއިންޓް ދިނުން | 
 | 
| ގެއާއި ގޯތިތެރެ ސާފުކޮށްދިނުން | 20 ޕޮއިންޓް | 
 | 
 | 
| އެހެނިހެން ފަސޭހަތައް | 10 ޕޮއިންޓް | 
 | 
 | 
| ފަރނިޗަރ/ޓީވީ /ދޮންނަމެޝިން | 35 ޕޮއިންޓް | 
 | 
 | 
| ސެކިއުރިޓީ ބެލެހެއްޓުން | 10 ޕޮއިންޓް | 
 | 
 | 
| ގޯތި ވަށައިފާރު | 10 ޕޮއިންޓް | 
 | 
 | 
| ބޯފެނުގެ އިންތިޒާމު | 20 ޕޮއިންޓް | 
 | 
 | 
ސިޓީ ހުށަހަޅުއްވާއިރު ގޭގެ އިންވެންޓްރީއާއި ގެއާއި ގޯތީގެ ބޮޑުމިން ދައްކުވައިދޭ ކުރެހުމެއް ހުށަހަޅަން ވާނެއެވެ. މިކަމަށް އެދި ހުށަހަޅާ ސިޓީއުރަ އޮންނަންވާނީ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި " ގެއެއް ކުއްޔަށްދިނުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
 
                    