ދިވެހިރާއްޖެ
އިޢުލާން
ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މި ސްކޫލް އިން ކޮށްފައިވާ އިޢުލާން ނަންބަރު GS-204/IU/2015/41 އަށް އިޖާބަ ދީފައިވަނީ އެންމެ ފަރާތަކުން ކަމަށް ވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
2016 ވަނަ އަހަރު ނަޑެއްލާ ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ފަރުނީޗަރާއި ހިފައި ގެންގުޅޭ ތަކެއްޗާއެކު ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ޖަނަވަރީ 2016 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އަގު ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހެޅުއްވުން އެދެމެވެ. ކުއްޔަށް ދިނުމަށް ހުށަހަޅާ ގޭގައި ތިރީގައިވާ ޝަރުޠުތައް ހަމަވުމާއެކު އިންވެންޓްރީގައި ތިރީގައި މިވާ ތަކެތި ހިމެނިފައިވާންވާނެއެވެ.
ޝަރުޠުތައް:
1- ސިޓިންގ ރޫމާއެކު ދެކޮޓަރީގެ އެޕާޓްމަންޓެއް ކަމުގައިވުން. ( ފަރުނީޗަރާއި އެޓޭޗް ފާޚާނާއެކު/ އެއް ކޮޓަރި އޭސީ ކުރެވިފައިވުން)
2- ކޮޓަރިން ފާޚާނާއަށް ވަދެވޭގޮތަށް ހުރުން. (ރަނގަޅު ފެންވަރެއްގައި ފެންވައިރު ކުރެވިފައި)
3- ބަދިގެއާއި ކާތަނެއް ހުރުން.
4- ކުއްޔަށް ދިނުމަށް ހުށަހަޅާ ގޭގެ ވަށައިފާރު ރޭނިފައިވުން.
5- ބޯފެން ނެގޭނެ އިންތިޒާމު ހަމަޖެހިފައިވުން.
އިންވެންޓްރީ:
ސިޓިންގ ރޫމް |
ކޮޓަރި 1 ފާޚާނާއާއި ފިޓިންގސްއާ އެކު |
ކޮޓަރި 2 ފާޚާނާއާއި ފިޓިންގސްއާ އެކު |
|||
1 |
ޓީވީ ރިމޯޓާ އެކު |
1 |
ޑަބަލް އެނދު |
1 |
ޑަބަލް އެނދު ނުވަތަ 2 ސިންގަލް އެނދު |
1 |
ޓީވީ ރެކް |
1 |
ކުޑަ މޭޒު |
1 |
ކުޑަ މޭޒު |
1 |
ސޯފާސެޓް |
1 |
އަލަމާރި (3 ދޮރުފަތްލީ) |
1 |
އަލަމާރި |
1 |
ފޮތްލާ ހަރު |
1 |
ޑްރެސިންގް ޓޭބަލް |
1 |
ޑްރެސިންގް ޓޭބަލް |
|
|
2 |
ސެޓް ބެޑްޝީޓް 2 އުރައާއެކު |
2 |
ސެޓް ބެޑްޝީޓް 2 އުރައާއެކު |
|
|
2 |
ބާލީސް |
2 |
ބާލީސް |
|
|
1 |
ފާޚާނާ ސާފުކުރާ ބުރުސް |
1 |
ފާޚާނާ ސާފުކުރާ ބުރުސް |
|
|
1 |
ފާޚާނާ ސެޓްކޮމްޕްލީޓް |
1 |
ފާޚާނާ ސެޓްކޮމްޕްލީޓް |
|
|
1 |
ދާވަށި |
1 |
ދާވަށި |
|
|
1 |
ތުވާލި ހަރު |
1 |
ތުވާލި ހަރު |
ބަދިގޭ ސާމާނު |
||||
6 ބަތްކާތަށި |
1 ފެންކައްކާ ޖަގު/ކުރާ |
1 ޓޯސްޓަރ |
1 ރޮށިފިހާ ތަވާ |
2 ވަޅި/ކުޑަ ބޮޑު |
6 ޖޯޑް ވަތުތައްޓާއެކު |
1 ރޮށިދަމާ ފިލާގަނޑު |
6 ބިއްލޫރި ތަށި |
1 ތަށިބަހައްޓާ ހަރު |
1 ދޭފަތް ރޮށި ނަގާ |
1 ޓަށި ބަތްއަޅާ މަތިޖެހި |
4 ސަމުސާ (ކުޑަ، ރިހައަޅާ) |
3 ދޭފަތް |
1 މިކްސަރ ގްރައިންޑަރ |
1 ހުނިގާނާ ދަތި/ ގޮނޑި |
2 ތަށި ރިހައަޅާ |
1 ސެޓް ޓޭބަލް މެޓް |
1 ރައިސްކުކަރު |
1 ރޮށިލާތަށި |
4 ތެލި ސަރަފޯހާއެކު |
1 ކަޓިން ބޯޑް |
1 ތަވާ ބިސްގަނޑު އަޅާ |
1 ތަރުކާރީ ގާނާ އެތި |
1 ޓޯސްޓަރ |
1 ބިއްލޫރި ތަށި ޖަހާ ހަރު |
1 ސެޓް ޓޭބަލް މެޓް (6 ޕީސް) |
1 ފުއްފުރޭނި |
1 ސަމުސާ ޖަހާއެތި |
1 ހަވާދު އަޅާ ސެޓް |
2 ތަނުން ކެކޭ ގޭސްއުނދުން |
1 ދަޅުކެނޑި |
1 ކަޓިންބޯޑު |
4 ގޮނޑީގެ ކާމޭޒު ސެޓެއް |
ސިންކު |
ބަދިގޭ ކަބަޑު ސެޓް |
1 ޖަގު މަތިޖެހި (މެދު ސައިޒް) |
1 ކިރުފުރޭނި |
1 އައިސް އަލަމާރި |
1 އަވަން |
3 މަތިޖަހާ ބާލިދި/ދަޅު ޕްލާސްޓިކު – މެދު ސައިޒް |
ލޯންޑްރީ ސާމާނު / އެހެނިހެން ސާމާނު |
|||||||
2 |
ފިހިގަނޑު |
2 |
ޑަސްބިން |
2 |
މޮޕް |
1 |
މޮޕް ބާލިދީ |
1 |
ކުނިނަގާ އަތްގަނޑު |
1 |
އިސްތިރިކުރާ ބޯޑް |
1 |
އިސްތިރި |
1 |
ދޮންނަމެޝިން |
1 |
މެޝިނަށް ފެންއަޅާ ހޮޅި |
4 |
ފައި ފުހި |
1 |
ބޯފެން ނަގާ ކަޅުހަން |
|
|
ގެކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތްތަކަށް މާކްސް ދެވޭ ގޮތުގެ ތަފުސީލު
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
ކުލި |
50% |
|
(Benchmark Price / Submitted Price) x Allocated Percentage |
ކަރަންޓް |
15 ޕޮއިންޓް |
|
|
ކައްކައިދިނުން |
20 ޕޮއިންޓް |
ގޭގެ ވެރިފަރާތުން ހެދުނުސައި، މެންދުރުގެ ކެއުން އަދި ރޭގަނޑުގެ ކެއުން ކައްކައި ދޭނަމަ 20 ޕޮއިންޓް ދިނުން |
|
ގެއާއި ގޯތިތެރެ ސާފުކޮށްދިނުން |
20 ޕޮއިންޓް |
|
|
އެހެނިހެން ފަސޭހަތައް |
10 ޕޮއިންޓް |
|
|
ފަރނިޗަރ/ޓީވީ /ދޮންނަމެޝިން |
35 ޕޮއިންޓް |
|
|
ސެކިއުރިޓީ ބެލެހެއްޓުން |
10 ޕޮއިންޓް |
|
|
ގޯތި ވަށައިފާރު |
10 ޕޮއިންޓް |
|
|
ބޯފެނުގެ އިންތިޒާމު |
20 ޕޮއިންޓް |
|
|
ސިޓީ ހުށަހަޅުއްވާއިރު ގޭގެ އިންވެންޓްރީއާއި ގެއާއި ގޯތީގެ ބޮޑުމިން ދައްކުވައިދޭ ކުރެހުމެއް ހުށަހަޅަން ވާނެއެވެ. މިކަމަށް އެދި ހުށަހަޅާ ސިޓީއުރަ އޮންނަންވާނީ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި " ގެއެއް ކުއްޔަށްދިނުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.