މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޕްރިޒަން އޮފިސަރ ޓްރޭނީ

                                `

                                                                        

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް              

   މާލެ، ދިވެހިރާއްޖެ                                 

 

                              އިޢުލާން

             ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފުން ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.

މަޤާމް:

ޕްރިޒަން އޮފިސަރ ޓްރޭނީ

މަޤާމުގެ ޤިންތި:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް:

3

ޖޮބް ފެމިލީ:

ޕްރޮޓެކްޓިވް ސަރވިސް

މުސާރަ:

މަހަކު -/6,050  ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު -/5,555  ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     

މާފުށި ޖަލު / އައްސޭރި ޖަލު / އޯޕަން ޕްރިޒަން އައިލެންޑް.

ފެންވަރު ނުވަތަ ޝަރުތު:                 

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. ދިވެހި ރައްޔިތެއްކަމުގައިވުން.
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެވް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. ގްރޭޑް 10 ނިންމާފައިވުން. ނުވަތަ،
  4. ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވުން.
  5. ޢުމުރު 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  6. ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.
  1. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައިވާ ގޮތަށް  ސްޕަވައިޒަރެއްގެ އިރުޝާދުގެ ދަށުން ޖަލުތަކުގައި މަސައްކަތްކުރުން.

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން.
  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ކުރެވޭ އިންޓަރވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ނަކަލު.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަޑު ޖަހާފައިވާ ނަކަލު.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީ
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
  • ޕޮލިސް ރިޕޯޓް

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ލިޔެކިއުންތަކާ އެކު 2026 މެއި 14 ވާ ބުރާސްފަތި ދުވަހުގެ 18:00 ނިޔަލަށްމި ސަރވިސްގެ މައި އެމް.ސީ.އެސް ޕޯޓަލް https://my.corrections.gov.mv/jobsމެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޕިޒިކަލް ޓެސްޓާއި އިންޓަވިއު

  • މިމަޤާމުގެ ފިޒިކަލް ފިޓްނަސް ޓެސްޓު އެޕްލިކޭޝަން ލިބޭ އަދަދަށްބަލައި އިޢުލާން ޕަބްލިޝް ކުރިތާރީހުން ފެށިގެން ކޮންމެ ހުކުރު އަދި ހޮނިހިރު  ދުވަހެއްގައި ބޭއްވޭނެއެވެ.
  • މިމަޤާމުގެ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން ފިޒިކަލް ފިޓްނަސް ޓެސްޓައްފަހު އެންގޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމްތައް ބާތިލް ވާނެއެވެ.

 

އިތުރު މަޢުލޫމާތު

  • ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާއި އަދި އަލަށް ނަގާ އޮފިސަރުންގެ ފިޒިކަލް ފިޓްނަސް މިންގަނޑު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށާއި އީމެއިލް ލިބުނުކަން ކަށަވަރު ކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ މެސެޖް ކުރާނީ 9112451 ވައިބާ ނަންބަރައްށެވެ.

 

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

(އެޕްލިކޭޝަނާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތައް ހުށަހެޅިގައިވޭތޯ ޔަޤީންކުރަންވާނެއެވެ.)

 

 

26 އޭޕްރިލް 2026
ހޯދާ