|
މަޤާމް:
|
ޕްރިޒަން އޮފިސަރ ޓްރޭނީ
|
|
މަޤާމުގެ ޤިންތި:
|
ދާއިމީ
|
|
ޕަބްލިކް ސަރވިސް ރޭންކް:
|
3
|
|
ޖޮބް ފެމިލީ:
|
ޕްރޮޓެކްޓިވް ސަރވިސް
|
|
މުސާރަ:
|
މަހަކު -/6,050 ރުފިޔާ
|
|
މަގާމުގެ އެލަވަންސް:
|
މަހަކު -/5,555 ރުފިޔާ
|
|
މަސައްކަތް ކުރަންޖެހޭ ތަން:
|
މާފުށި ޖަލު / އައްސޭރި ޖަލު / އޯޕަން ޕްރިޒަން އައިލެންޑް.
|
|
ފެންވަރު ނުވަތަ ޝަރުތު:
|
މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- ދިވެހި ރައްޔިތެއްކަމުގައިވުން.
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެވް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ގްރޭޑް 10 ނިންމާފައިވުން. ނުވަތަ،
- ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވުން.
- ޢުމުރު 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
- ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.
- ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައިވާ ގޮތަށް ސްޕަވައިޒަރެއްގެ އިރުޝާދުގެ ދަށުން ޖަލުތަކުގައި މަސައްކަތްކުރުން.
|
|
މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން.
- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ކުރެވޭ އިންޓަރވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ނަކަލު.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަޑު ޖަހާފައިވާ ނަކަލު.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ )
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީ
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
- ޕޮލިސް ރިޕޯޓް
|
|
ސުންގަޑި:
|
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ލިޔެކިއުންތަކާ އެކު 2026 މެއި 14 ވާ ބުރާސްފަތި ދުވަހުގެ 18:00 ނިޔަލަށްމި ސަރވިސްގެ މައި އެމް.ސީ.އެސް ޕޯޓަލް https://my.corrections.gov.mv/jobsމެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
|
|
ޕިޒިކަލް ޓެސްޓާއި އިންޓަވިއު
|
- މިމަޤާމުގެ ފިޒިކަލް ފިޓްނަސް ޓެސްޓު އެޕްލިކޭޝަން ލިބޭ އަދަދަށްބަލައި އިޢުލާން ޕަބްލިޝް ކުރިތާރީހުން ފެށިގެން ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގައި ބޭއްވޭނެއެވެ.
- މިމަޤާމުގެ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން ފިޒިކަލް ފިޓްނަސް ޓެސްޓައްފަހު އެންގޭނެއެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމްތައް ބާތިލް ވާނެއެވެ.
|
|
އިތުރު މަޢުލޫމާތު
|
- ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާއި އަދި އަލަށް ނަގާ އޮފިސަރުންގެ ފިޒިކަލް ފިޓްނަސް މިންގަނޑު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
- މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށާއި އީމެއިލް ލިބުނުކަން ކަށަވަރު ކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ މެސެޖް ކުރާނީ 9112451 ވައިބާ ނަންބަރައްށެވެ.
ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
|
|
(އެޕްލިކޭޝަނާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތައް ހުށަހެޅިގައިވޭތޯ ޔަޤީންކުރަންވާނެއެވެ.)
|