| 
 މަޤާމް: 
 | 
 އެސިސްޓެންޓް މެނޭޖަރ 
 | 
| 
 ޔުނިޓް: 
 | 
 ރިޒަރވް މެނޭޖްމަންޓް އެންޑް މާކެޓް އޮޕެރޭޝަންސް ޑިވިޜަން 
 | 
| 
 ބޭނުންވާ އަދަދު 
 | 
 2 (ދޭއް) 
 | 
| 
 ތަޢުލީމީ ފެންވަރާއި ތަޖުރިބާ: 
 | 
- ފައިނޭންސް، އެކައުންޓިންގ، އިކޮނޮމިކްސްއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން (ފައިނޭންސާއި އިކޮނޮމިކްސް ދާއިރާއަށް އިސްކަންދެވޭނެއެވެ)
 
- މާލީ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތް: 
 | 
- ރިޒާރވް މެނޭޖްކުރުމަށްޓަކައި އެކިއެކި އެސެޓްކްލާސްތަކުގައި އިންވެސްޓްކުުރުން.
 
- މާލީ ބާޒާރާބެހޭ ދިރާސާކޮށް، މަޢުލޫމާތު އެއްކޮށް، ރިޕޯޓް ތައްޔާރުކުރުން.
 
- އިންވެސްޓްމެންޓްތައް މޮނިޓަރކުރުމާއި އިންވެސްޓްކުރުމުގައި ހުރި ފުރުޞަތުތައް ހޯދައި، ރިސާރޗް މަސައްކަތް ކުރުން.
 
- ރިޒާރވް މެނޭޖްމެންޓާ ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް އެނަލައިޒްކުރުމާއި، ރިސްކް މެނޭޖްކުރުން.
 
 
 | 
| 
   
ހުނަރުވެރިކަން:   
 | 
- މާލީ ބާޒާރާއި އިޤްތިޞާދީ ދާއިރާގެ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވުމާއި، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރުން.
 
- މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.
 
- އަމިއްލައަށް އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
 
- އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
 
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
 
 
 | 
| 
 މަޤާމް: 
 | 
 ސެކިއުރިޓީ އޮފިސަރ 
 | 
| 
 ސެކްޝަން: 
 | 
 ސެކިއުރިޓީ ސަރވިސަސް ޔުނިޓް 
 | 
| 
 ބޭނުންވާ އަދަދު 
 | 
 2 (ދޭއް) 
 | 
| 
 ތަޢުލީމީ ފެންވަރާއި ތަޖުރިބާ: 
 | 
- ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލް އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން.
 
- ސެކިއުރިޓީ ސިސްޓަމްސްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 
 
 | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | 
- އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އެމްއެމްއޭގައި ޤާއިމް ކޮށްފައިވާ ސެކިއުރިޓީ ނިޒާމް މެދުވެރިކޮށް ބެލެހެއްޓުން.
 
 
 | 
| 
   
މަޤާމުގެ ޝަރުޠު: 
 | 
- ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ މީހަކަށްވުން.
 
- ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިޢުތިރާޒްނުކުރާ މީހަކަށްވުން.
 
- އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން.
 
- ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން.
 
- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ހުނަރު ހުރުން.
 
 
 | 
| 
   
ހުނަރުވެރިކަން:   
 | 
- އަމިއްލައަށް އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
 
- އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
 
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
 
 
 | 
| 
   
  
ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރުމަށްފަހު)
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
 
- ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
 
- ވަޒިފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
 
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ ރަސްމީ ލިޔުމެއް.
 
- ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.
 
 
 | 
| 
 ސުންގަޑި 
 | 
 2016 ޖަނަވަރީ 7 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް. 
 | 
| 
 އިންޓަވިއު: 
 | 
 މި ވަޒީފާއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 5 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ. 
 | 
| 
 ނޯޓް: 
 | 
 ވަޒީފާއަށް އެދޭ ފޯމު، މި އޮތޯރިޓީން ލިބެން ހުންނާއެވެ. އަދި މި އޮތޯރިޓީގެ www.mma.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.   
 |