ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-HRD/2015/82
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:17
ސުންގަޑި: 07 ޖަނަވަރީ 2016 13:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައިމިވާ މަޤާމުތަކުގައި ޚިދުމަތްކުރުމަށް، ހުނަރުވެރި، ޤާބިލް އަދި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށްދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ޔުނިޓް:

ރިޒަރވް މެނޭޖްމަންޓް އެންޑް މާކެޓް އޮޕެރޭޝަންސް ޑިވިޜަން

ބޭނުންވާ އަދަދު

2 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ފައިނޭންސް، އެކައުންޓިންގ، އިކޮނޮމިކްސްއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން (ފައިނޭންސާއި އިކޮނޮމިކްސް ދާއިރާއަށް އިސްކަންދެވޭނެއެވެ)
  • މާލީ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ރިޒާރވް މެނޭޖްކުރުމަށްޓަކައި އެކިއެކި އެސެޓްކްލާސްތަކުގައި އިންވެސްޓްކުުރުން.
  • މާލީ ބާޒާރާބެހޭ ދިރާސާކޮށް، މަޢުލޫމާތު އެއްކޮށް، ރިޕޯޓް ތައްޔާރުކުރުން.
  • އިންވެސްޓްމެންޓްތައް މޮނިޓަރކުރުމާއި އިންވެސްޓްކުރުމުގައި ހުރި ފުރުޞަތުތައް ހޯދައި، ރިސާރޗް މަސައްކަތް ކުރުން.
  • ރިޒާރވް މެނޭޖްމެންޓާ ގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް އެނަލައިޒްކުރުމާއި، ރިސްކް މެނޭޖްކުރުން.

 

ހުނަރުވެރިކަން: 

  • މާލީ ބާޒާރާއި އިޤްތިޞާދީ ދާއިރާގެ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވުމާއި، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރުން.
  • މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.
  • އަމިއްލައަށް އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ސެކްޝަން:

ސެކިއުރިޓީ ސަރވިސަސް ޔުނިޓް

ބޭނުންވާ އަދަދު

2 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލް އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން.
  • ސެކިއުރިޓީ ސިސްޓަމްސްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އެމްއެމްއޭގައި ޤާއިމް ކޮށްފައިވާ ސެކިއުރިޓީ ނިޒާމް މެދުވެރިކޮށް ބެލެހެއްޓުން.

 

މަޤާމުގެ ޝަރުޠު:

  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ މީހަކަށްވުން.
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިޢުތިރާޒްނުކުރާ މީހަކަށްވުން.
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން.
  • ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން.
  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ހުނަރު ހުރުން.

 

ހުނަރުވެރިކަން: 

  • އަމިއްލައަށް އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  • ވަޒިފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ ރަސްމީ ލިޔުމެއް.
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި

2016 ޖަނަވަރީ 7 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.

އިންޓަވިއު:

މި ވަޒީފާއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 5 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ނޯޓް:

ވަޒީފާއަށް އެދޭ ފޯމު، މި އޮތޯރިޓީން ލިބެން ހުންނާއެވެ. އަދި މި އޮތޯރިޓީގެ www.mma.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.  

18 ރަބީޢުލްއައްޥަލް 1437

29 ޑިސެންބަރު 2015