ދިވެހިރާއްޖެ
އިޢުލާން
އީ.ޕީ.އޭގެ ވެބްސައިޓް އަޕްގްރޭޑް ކުރުން
މިއެޖެންސީގައި ބޭނުންކުރަމުންގެންދާ ވެބްސައިޓް އަޕްގްރޭޑް ކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 29 ޑިސެންބަރު 2015 "އަންގާރަ" ދުވަހުގެ 10:00 އަށް މިއެޖެންސީއަށް އަގު ހުށަހެޅުއްވުން އެދެމެވެ.
އީ.ޕީ.އޭގެ ވެބްސައިޓް އަޕްގްރޭޑް ކުރުމަށް ހުށަހަޅާ މަޢުލޫމާތު
މައިގަނޑު ބައިތައް
- އޮންލައިން ފޯމު ސަބްމިޝަން.
- ތިމާވެށީގެ ރިޕޯޓްތައް އަދި ޑޮކިއުމެންޓްތައް ފިލްޓަރ ކުރެވުން.
- ޑޭޓާ އެންޓަރ ކުރުމަށް ބޭނުން ކުރެވޭނެ ފަދަ ޕޯޓަލްއެއް ފަރުމާކުރުން.
- އިނގިރޭސި އަދި ދިވެހިބަހުން މައިގަނޑު ސައިޓް ފަރުމާކުރުން.
މަސައްކަތުގެ މުއްދަތު
މަސައްކަތުގެ މުއްދަތު ރާވަންވާނީ 3 މަހުގެ މުއްދަތަށް ބަހާލައިގެން، ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި މީޓިންގ އަދި ބައްދަލުވުންތައް ހިމެނޭގޮތަށެވެ. މަސައްކަތުގެ މުއްދަތު ގުނަންފަށާނީ ޕްރޮޖެކްޓް ހަވާލުކުރާ ތާރީޚުންނެވެ.
އަގު ހުށަހެޅުން
އަގު ހުށަހަޅަންވާނީ ވަކިވަކިން މައިގަނޑު ބައިތަކަށް ތަފުސީލު ހިމެނޭ ގޮތަށެވެ.
ހުށަހެޅުމަށް މާކްސް ދޭ ކްރައިޓީރިއާ
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގަށް
|
70% |
|
ހުށަހަޅާފައިވާ އެންމެ ކުޑައަގު (ބެންޗްމާކް) / އިތުރަށް ހުށަހަޅާފައިވާ އަގު x ކަނޑައަޅާފައިވާ % (އެލޮކޭޓެޑް ޕަރސަންޓޭޖް) |
ތަޖުރިބާ 1 އަހަރާއި 5 އަހަރާ ހަމަޔަށާއި ފަންނީ ގާބިލުކަމަށް ތަޖުރިބާ 5 އަހަރުން މަތިވުމާއި ފަންނީ ގާބިލުކަމަށް |
10%
20%
|
|
ހުށަހަޅާ ތަޖުރިބާގެ މުއްދަތާއި، ފަންނީ ގާބިލުކަން (ބެންޗްމާކް) / އިތުރަށް ހުށަހަޅާފައިވާ ސްޕެސިފިކޭޝަން x ކަނޑައަޅާފައިވާ % (އެލޮކޭޓެޑް ޕަރސަންޓޭޖް) |
11 ރަބީޢުލްއައްވަލް 1437