މަސައްކަތް
ނަންބަރު: (IUL)203-ADMIN/1/2015/46
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 29 ޑިސެންބަރު 2015 10:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އީ.ޕީ.އޭގެ ވެބްސައިޓް އަޕްގްރޭޑް ކުރުން

އިޢުލާން

އީ.ޕީ.އޭގެ ވެބްސައިޓް އަޕްގްރޭޑް ކުރުން

މިއެޖެންސީގައި ބޭނުންކުރަމުންގެންދާ ވެބްސައިޓް އަޕްގްރޭޑް ކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 29 ޑިސެންބަރު 2015 "އަންގާރަ" ދުވަހުގެ 10:00 އަށް މިއެޖެންސީއަށް އަގު ހުށަހެޅުއްވުން އެދެމެވެ.

އީ.ޕީ.އޭގެ ވެބްސައިޓް އަޕްގްރޭޑް ކުރުމަށް ހުށަހަޅާ މަޢުލޫމާތު

މައިގަނޑު ބައިތައް

  1. އޮންލައިން ފޯމު ސަބްމިޝަން.
  2. ތިމާވެށީގެ ރިޕޯޓްތައް އަދި ޑޮކިއުމެންޓްތައް ފިލްޓަރ ކުރެވުން.
  3. ޑޭޓާ އެންޓަރ ކުރުމަށް ބޭނުން ކުރެވޭނެ ފަދަ ޕޯޓަލްއެއް ފަރުމާކުރުން.
  4. އިނގިރޭސި އަދި ދިވެހިބަހުން މައިގަނޑު ސައިޓް ފަރުމާކުރުން.

މަސައްކަތުގެ މުއްދަތު

މަސައްކަތުގެ މުއްދަތު ރާވަންވާނީ 3 މަހުގެ މުއްދަތަށް ބަހާލައިގެން، ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި މީޓިންގ އަދި ބައްދަލުވުންތައް ހިމެނޭގޮތަށެވެ. މަސައްކަތުގެ މުއްދަތު ގުނަންފަށާނީ ޕްރޮޖެކްޓް ހަވާލުކުރާ ތާރީޚުންނެވެ.

އަގު ހުށަހެޅުން

އަގު ހުށަހަޅަންވާނީ ވަކިވަކިން މައިގަނޑު ބައިތަކަށް ތަފުސީލު ހިމެނޭ ގޮތަށެވެ.

ހުށަހެޅުމަށް މާކްސް ދޭ ކްރައިޓީރިއާ

މާކްސް ދެވޭ

ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގަށް

 

 

 

 

70%

  • ވެބްސައިޓް އަޕްގްރޭޑް ކުރުމަށް
  • ހުށަހަޅާ އެންމެ ކުޑައަގަކީ، ބެންޗް މާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާއަގަކަށް ބަހައިލައިގެންނެވެ.
  • މިގޮތުން އެންމެގިނަ މާކްސް ލިބޭނީ އެންމެކުޑައަގު ހުށަހެޅުއްވި ފަރާތަކަށެވެ.

ހުށަހަޅާފައިވާ އެންމެ ކުޑައަގު (ބެންޗްމާކް)

/ އިތުރަށް ހުށަހަޅާފައިވާ އަގު x ކަނޑައަޅާފައިވާ % (އެލޮކޭޓެޑް ޕަރސަންޓޭޖް)

ތަޖުރިބާ 1 އަހަރާއި 5 އަހަރާ ހަމަޔަށާއި ފަންނީ ގާބިލުކަމަށް

ތަޖުރިބާ 5 އަހަރުން މަތިވުމާއި ފަންނީ ގާބިލުކަމަށް

10%

 

 

 

20%

 

  • ތަޖުރިބާއާއި ފަންނީ ގާބިލުކަމަށް
  •  މާރކްސްދެވޭނީ ހުށަހަޅާފައިވާ ތަޖުރިބާގެ މުއްދަތާއި މަސައްކަތް ކުރުމަށް ހުށަހަޅާފަރާތް ތަކުގެ ފަންނީ ގާބިލްކަމަށް ބަލައިގެންނެވެ. ހުށަހަޅާހުށަހެޅުމަށެވެ.

ހުށަހަޅާ ތަޖުރިބާގެ މުއްދަތާއި، ފަންނީ ގާބިލުކަން (ބެންޗްމާކް)

/ އިތުރަށް ހުށަހަޅާފައިވާ ސްޕެސިފިކޭޝަން x ކަނޑައަޅާފައިވާ % (އެލޮކޭޓެޑް ޕަރސަންޓޭޖް)

11 ރަބީޢުލްއައްވަލް 1437

 

22 ޑިސެންބަރު 2015