އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވިންގ ލައިސެންސް ދޫކުރުމަށް ޕްރެކްޓިކަލް އެގްޒާމިނަރުން ހޯދުމާއި ގުޅޭ:

އިޢުލާން

ޑްރައިވިންގ ލައިސެންސް ދޫކުރުމަށް ޕްރެކްޓިކަލް އެގްޒާމިނަރުން ހޯދުމާއި ގުޅޭ:  

 

            މިކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅިގެން ކުރިއަށް ގެންދާ އޭ-ޒޯން ލައިސެންސްގެ ޕްރެކްޓިކަލް ކުރިއަށް ގެންދިއުމަށް ތިރީގައިވާ މިދަންނަވާ އަދަދަށް އެގްޒަމިނަރުން ބޭނުންވެއެވެ.

  • 2 އަންހެން އެގްޒަމިނަރުން
  • 2 ފިރިހެން އެގްޒަމިނަރުން

އެގްޒަމިންރުންނަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:

  1. މަދުވެގެން A0, A1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން. (ދުއްވުމުގެ އަމަލީ ޓެސްޓް ދެވޭނީ އެ އެގްޒަމިނަރަކަށް ލިބިފައިވާ ގިންތީގެ އުޅަނދުތައް ދުއްވުމުގެ ޓެސްޓެވެ.)
  2. ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން.
  3. ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން.
  4. ދޫކުރި ތާރީހުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  5. އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުން.
  6. ލައިސަންސް ދޫކުރާ ސެންޓަރެއްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
  7. ޑްރައިވިންގ ސްކޫލެއްގައި ވޭތުވެދިޔަ 5 އަހަރު އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.

އެގްޒަމިނަރަށް ދެވޭ އުޖޫރަ

  • A0އަދި A1 ގެ ކެޓަގަރީއިން އެގްޒާމްކޮށްދޭ ކޮންމެ މީހަކަށް 15/-ރ (ފަނަރަ ރުފިޔާ)
  • އެހެނިހެން ކެޓަގަރީއިން އެގްޒާމްކޮށްދޭ ކޮންމެ މީހަކަށް 25/-ރ (ފަންސަވިސް ރުފިޔާ)

 

ވިމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޭޕްރިލް 23 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ސިޓީއަކާއިއެކު، އެފަރާތެއްގެ ލައިސެންސް ކޮޕީ އަދި އައި.ޑީ ކާރޑް ކޮޕީ މިކައުންސިލަށް ހުށައެޅުމަށް އެދި ދަންނަވަމެވެ.

28 ޝައްވާލް 1447

16 އޭޕްރިލް 2026

16 އޭޕްރިލް 2026
ހޯދާ