ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2026/15
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި:
23 އޭޕްރިލް 2026 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޑްރައިވިންގ ލައިސެންސް ދޫކުރުމަށް ޕްރެކްޓިކަލް އެގްޒާމިނަރުން ހޯދުމާއި ގުޅޭ:
އިޢުލާން
ޑްރައިވިންގ ލައިސެންސް ދޫކުރުމަށް ޕްރެކްޓިކަލް އެގްޒާމިނަރުން ހޯދުމާއި ގުޅޭ:
މިކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅިގެން ކުރިއަށް ގެންދާ އޭ-ޒޯން ލައިސެންސްގެ ޕްރެކްޓިކަލް ކުރިއަށް ގެންދިއުމަށް ތިރީގައިވާ މިދަންނަވާ އަދަދަށް އެގްޒަމިނަރުން ބޭނުންވެއެވެ.
- 2 އަންހެން އެގްޒަމިނަރުން
- 2 ފިރިހެން އެގްޒަމިނަރުން
އެގްޒަމިންރުންނަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:
- މަދުވެގެން A0, A1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން. (ދުއްވުމުގެ އަމަލީ ޓެސްޓް ދެވޭނީ އެ އެގްޒަމިނަރަކަށް ލިބިފައިވާ ގިންތީގެ އުޅަނދުތައް ދުއްވުމުގެ ޓެސްޓެވެ.)
- ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން.
- ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން.
- ދޫކުރި ތާރީހުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުން.
- ލައިސަންސް ދޫކުރާ ސެންޓަރެއްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
- ޑްރައިވިންގ ސްކޫލެއްގައި ވޭތުވެދިޔަ 5 އަހަރު އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.
އެގްޒަމިނަރަށް ދެވޭ އުޖޫރަ
- A0އަދި A1 ގެ ކެޓަގަރީއިން އެގްޒާމްކޮށްދޭ ކޮންމެ މީހަކަށް 15/-ރ (ފަނަރަ ރުފިޔާ)
- އެހެނިހެން ކެޓަގަރީއިން އެގްޒާމްކޮށްދޭ ކޮންމެ މީހަކަށް 25/-ރ (ފަންސަވިސް ރުފިޔާ)
ވިމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޭޕްރިލް 23 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ސިޓީއަކާއިއެކު، އެފަރާތެއްގެ ލައިސެންސް ކޮޕީ އަދި އައި.ޑީ ކާރޑް ކޮޕީ މިކައުންސިލަށް ހުށައެޅުމަށް އެދި ދަންނަވަމެވެ.
28 ޝައްވާލް 1447
16 އޭޕްރިލް 2026
16 އޭޕްރިލް 2026