މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ

1-        މިރަށު އެރޯ ގޯތީގެ އަވަށްބޭރުގައި ހުރި 01 މިދިލިގަސް ކަނޑަން ބޭނުންވާތީވެ ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ. މިގަހުގައި ރަތްދަވާދުން X ޖަހާފައިވާނެއެވެ.

2-        ގަސްކަޑާނީ ކޮނެގެން އޭގެ ބުޑާއެކުގައެވެ. އަދި އޭގެ ބޭރުންވެސް ބުޑުން ބައެއް ނުވަތަ މޫތައް ބިމުން މައްޗަށް އެއްވެސް ވަރަކަށް ހުރެގެން ނުވާނެއެވެ. ވަޅުތަކަށް ފަސްލާނީ ކައުންސިލަށް ދެއްކުމަށްފަހު ކައުންސިލުން އޯކޭ ދިނުމުންނެވެ.

3-        މިމަސައްކަތުގެ ސަބަބުން އުފެދޭ އެންމެހާ ކުނިބުނިތައް ހަމަޖެހިފައިވާ އުސޫލުން ނައްތާލަންވާނެއެވެ. އެގޮތުން ގާކުނިތަކާއި ރުއްގަހުގެ މޫތަކާއި އެންމެހާ ތަކެތި ނަގައި ރަގަޅަށް ތަން ސާފުކުރަންވާނެއެވެ.

4-        ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

5-        ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

6-        މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 20 އޭޕްރިލް 2026 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

7-        ކޯޓޭޝަން ހުށަހަޅާނީ 22 އޭޕްރިލް 2026 ބުދަ ދުވަހު ރަސްމީ ގަޑީގައި މިއިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އެގަޑީގައި ކޯޓޭޝަން މިއިދާރާއަށް ލިބުނުތޯ ކަށަވަރު ކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

15 އޭޕްރިލް 2026
ހޯދާ