ދިވެހިރާއްޖެ
1- މިރަށު އެރޯ ގޯތީގެ އަވަށްބޭރުގައި ހުރި 01 މިދިލިގަސް ކަނޑަން ބޭނުންވާތީވެ ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ. މިގަހުގައި ރަތްދަވާދުން X ޖަހާފައިވާނެއެވެ.
2- ގަސްކަޑާނީ ކޮނެގެން އޭގެ ބުޑާއެކުގައެވެ. އަދި އޭގެ ބޭރުންވެސް ބުޑުން ބައެއް ނުވަތަ މޫތައް ބިމުން މައްޗަށް އެއްވެސް ވަރަކަށް ހުރެގެން ނުވާނެއެވެ. ވަޅުތަކަށް ފަސްލާނީ ކައުންސިލަށް ދެއްކުމަށްފަހު ކައުންސިލުން އޯކޭ ދިނުމުންނެވެ.
3- މިމަސައްކަތުގެ ސަބަބުން އުފެދޭ އެންމެހާ ކުނިބުނިތައް ހަމަޖެހިފައިވާ އުސޫލުން ނައްތާލަންވާނެއެވެ. އެގޮތުން ގާކުނިތަކާއި ރުއްގަހުގެ މޫތަކާއި އެންމެހާ ތަކެތި ނަގައި ރަގަޅަށް ތަން ސާފުކުރަންވާނެއެވެ.
4- ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
5- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.
6- މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 20 އޭޕްރިލް 2026 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
7- ކޯޓޭޝަން ހުށަހަޅާނީ 22 އޭޕްރިލް 2026 ބުދަ ދުވަހު ރަސްމީ ގަޑީގައި މިއިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އެގަޑީގައި ކޯޓޭޝަން މިއިދާރާއަށް ލިބުނުތޯ ކަށަވަރު ކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.