ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 228 ވަނަ ޖަލްސާގެ ނިންމުން
|
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
|
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 282 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
|
ބައްދަލުވުން ބޭއްވި ތާރީޙް: |
25 ފެބުރުވަރީ 2026 |
ބައްދަލުވުން ބޭއްވި ގަޑި: |
10:00 |
ނިންމުންތައް
- ގޯލްޑަން ފުޓްސަލް މުބާރާތައް ހޯދިފައިވާ ތަކެތީގެ ތެރެއިން ކައުންސިލް އިދާރާއަށް ބޭނުންކުރެވޭ ތަކެތި ނެގުމަށްފަހު ބާކީ ތަކެތި ނީލަންކިޔުމަށް ނިންމުނު.
- ރަށުގެ ސިނާއީ ސަރަހައްދުގެ އިރުމަތިފަރާތުގައި ބީޗު ތަރައްޤީކުރުމުގެ ހުއްދައަށް އެދިފައިވާ މައްސަލައިގައި މިސަރަހައްދުގެ ހޭޅިން ގަސްނުކެނޑުމަށާއި އަދި ކައުންސިލުން މިސަރަހައްދުގައި އިތުރު މަސައްކަތެއްކުރުމަށް ބޭނުންވާ ހިނދެއްގައި ތަކެތި ނެގޭގޮތައް ބީޗު ތަރައްޤީކުރުމުގެ ހުއްދަދިނުމަށް ނިންމުނު.
- ތ. ވަންދޫ ލުބޯމާގެ ޢިމާރާތާއި ގޯތި ރަޖިސްޓަރީގައި ވެރިފަރާތުގެ ގޮތުގައިވާ ފަރާތާއި ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓުގެ 3/N-7-C/1982 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ވެރިފަރާތްކަމުގައިވާ ފަރާތާއި ތަފާތުކަން ފާހަގަކުރެވިފައިވާތީ މިމައްސަލައިގައި ވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ލަފަޔަކަށް އެދުމަށް ނިންމުނު.
25 ފެބުރުވަރީ 2026
ހޯދާ
