ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2026/25
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:45
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 228 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 282

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

25 ފެބުރުވަރީ 2026

ބައްދަލުވުން ބޭއްވި ގަޑި:

10:00

 

 

ނިންމުންތައް

  1. ގޯލްޑަން ފުޓްސަލް މުބާރާތައް ހޯދިފައިވާ ތަކެތީގެ ތެރެއިން ކައުންސިލް އިދާރާއަށް ބޭނުންކުރެވޭ ތަކެތި ނެގުމަށްފަހު ބާކީ ތަކެތި ނީލަންކިޔުމަށް ނިންމުނު.
  2. ރަށުގެ ސިނާއީ ސަރަހައްދުގެ އިރުމަތިފަރާތުގައި ބީޗު ތަރައްޤީކުރުމުގެ ހުއްދައަށް އެދިފައިވާ މައްސަލައިގައި މިސަރަހައްދުގެ ހޭޅިން ގަސްނުކެނޑުމަށާއި އަދި ކައުންސިލުން މިސަރަހައްދުގައި އިތުރު މަސައްކަތެއްކުރުމަށް ބޭނުންވާ ހިނދެއްގައި ތަކެތި ނެގޭގޮތައް ބީޗު ތަރައްޤީކުރުމުގެ ހުއްދަދިނުމަށް ނިންމުނު.
  3. ތ. ވަންދޫ ލުބޯމާގެ ޢިމާރާތާއި ގޯތި ރަޖިސްޓަރީގައި ވެރިފަރާތުގެ ގޮތުގައިވާ ފަރާތާއި ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓުގެ 3/N-7-C/1982 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ވެރިފަރާތްކަމުގައިވާ ފަރާތާއި ތަފާތުކަން ފާހަގަކުރެވިފައިވާތީ މިމައްސަލައިގައި ވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ލަފަޔަކަށް އެދުމަށް ނިންމުނު.
25 ފެބުރުވަރީ 2026