ދިވެހިރާއްޖެ
"ފޯރމިންގ އެންޑް މެނޭޖިންގ ވެންޗަރ ކެޕިޓަލް ފަންޑްސް" ސެމިނާރުގައި ބައިވެރިވުމުގެ ދަޢުވަތު"
މި އޮތޯރިޓީން އިންތިޒާމުކޮށްގެން 2016 ވަނަ އަހަރުގެ ޖަނަވަރީ 18 އިން 20 އަށް "ފޯރމިންގ އެންޑް މެނޭޖިން ވެންޗަރ ކެޕިޓަލް ފަންޑްސް"ގެ ނަމުގައި ބާއްވާ ސެމިނާރގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ސެމިނާރގައި ކިޔަވާދެއްވާނީ އިންވެސްޓްމަންޓްސްއާ އަދި ގުޅުންހުރި ދާއިރާތަކުން ޢަމަލީ ތަޖުރިބާ ލިބިވަޑައިގެންފައިވާ އިނގިރޭސިވިލާތުގެ ޓެރަޕިން ޓްރެއިނިންގގެ ލެކްޗަރަރއެއްކަމަށްވާ މރ. ވިލިއަމް ބަޔުން އެވެ.
|
ފޮރމިންގ އެންޑް މެނޭޖިންގ ވެންޗަރ ކެޕިޓަލް ފަންޑްސް |
ޕްރޮގްރާމް |
|
30 (ތިރީސް) |
ޖާގަ |
|
-/5,000 ރ (ފަސްހާސް ރުފިޔާ) |
ފީ |
|
18 ން 20 ޖަނަވަރީ 2016 |
ތާރީޚު |
|
އިނގިރޭސިވިލާތުގެ ޓެރަޕިން ޓްރެއިނިންގގެ ލެކްޗަރަރ މރ. ވިލިއަމް ބަޔުން |
ފެސިލިޓޭޓަރ |
|
11 ޖަނަވަރީ 2016 |
އެޕްލިކޭޝަން ސުންގަޑި |
|
ފައިނޭންސް އަދި ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކާއި ފަންޑު މެނޭޖްމަންޓުގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
މި ސެމިނަރގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން http://goo.gl/forms/ucTam0ZfLj ލިންކު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބްސައިޓް www.cmda.gov.mv އިންނާއި އަދި މި އޮތޯރިޓީގެ ނަންބަރު 3014103/ 3014112 ފޯނާ ގުޅުންވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.
6 ރަބީޢުލްއައްވަލު 1437
