ތަމްރީނު
ނަންބަރު: (IUL)179-2.1/1/2015/39
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:40
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ފޯރމިންގ އެންޑް މެނޭޖިންގ ވެންޗަރ ކެޕިޓަލް ފަންޑްސް ސެމިނާރުގައި ބައިވެރިވުމުގެ ދަޢުވަތު

"ފޯރމިންގ އެންޑް މެނޭޖިންގ ވެންޗަރ ކެޕިޓަލް ފަންޑްސް" ސެމިނާރުގައި ބައިވެރިވުމުގެ ދަޢުވަތު"

މި އޮތޯރިޓީން އިންތިޒާމުކޮށްގެން 2016 ވަނަ އަހަރުގެ ޖަނަވަރީ 18 އިން 20 އަށް "ފޯރމިންގ އެންޑް މެނޭޖިން ވެންޗަރ ކެޕިޓަލް ފަންޑްސް"ގެ ނަމުގައި ބާއްވާ ސެމިނާރގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ސެމިނާރގައި ކިޔަވާދެއްވާނީ އިންވެސްޓްމަންޓްސްއާ އަދި ގުޅުންހުރި ދާއިރާތަކުން ޢަމަލީ ތަޖުރިބާ ލިބިވަޑައިގެންފައިވާ އިނގިރޭސިވިލާތުގެ ޓެރަޕިން ޓްރެއިނިންގގެ ލެކްޗަރަރއެއްކަމަށްވާ މރ. ވިލިއަމް ބަޔުން އެވެ.

ފޮރމިންގ އެންޑް މެނޭޖިންގ ވެންޗަރ ކެޕިޓަލް ފަންޑްސް

ޕްރޮގްރާމް

30 (ތިރީސް)

ޖާގަ

-/5,000 ރ (ފަސްހާސް ރުފިޔާ)

ފީ

18 ން 20 ޖަނަވަރީ 2016

ތާރީޚު

އިނގިރޭސިވިލާތުގެ ޓެރަޕިން ޓްރެއިނިންގގެ ލެކްޗަރަރ މރ. ވިލިއަމް ބަޔުން

ފެސިލިޓޭޓަރ

11 ޖަނަވަރީ 2016

އެޕްލިކޭޝަން ސުންގަޑި

ފައިނޭންސް އަދި ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކާއި ފަންޑު މެނޭޖްމަންޓުގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި ސެމިނަރގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން http://goo.gl/forms/ucTam0ZfLj ލިންކު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބްސައިޓް www.cmda.gov.mv  އިންނާއި އަދި މި އޮތޯރިޓީގެ ނަންބަރު 3014103/ 3014112 ފޯނާ ގުޅުންވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

6 ރަބީޢުލްއައްވަލު 1437

17 ޑިސެންބަރު 2015