އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
މިކޮމިޝަނުން ދީފައިވާ ރިކުއާމަންޓާ އެއްގޮތަށް މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ ހިންގާ އިމާރާތް ގ.ބިއްލޫރިޖެހިގެ ދެވަނަ ފަންގިފިލާގެ ވޯކްވޭ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިކޮމިޝަނުން ދީފައިވާ ރިކުއާމަންޓާ އެއްގޮތަށް މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ ހިންގާ އިމާރާތް ގ.ބިއްލޫރިޖެހިގެ ދެވަނަ ފަންގިފިލާގެ ވޯކްވޭ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބިޑާ ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުމާއި ސައިޓް ވިޒިޓް އޮންނާނީ 2026 އޭޕްރިލް 13 ވާ ހޯމަ ދުވަހުގެ 10:00ގައި މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ (ގ.ބިއްލޫރިޖެހިގެ – 2 ވަނަ ފަންގިފިލާ، މަޖީދީމަގު، މާލެ)ގައެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޭޕްރިލް 19 ވާ އާދިއްތަ ދުވަހުގެ 10:00ށް މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރުގެ 07 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމާ ގުޅޭ މަޢުލޫމާތު ޝީޓާއި ކޮމިޝަނުގެ ރިކުއަރމަންޓް މި އިޢުލާނާ އެއްހީރާސްކޮށްފައި ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައި ވާ ގޮތަށެވެ.

07 އޭޕްރިލް 2026
ހޯދާ