ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މިކޮމިޝަނުން ދީފައިވާ ރިކުއާމަންޓާ އެއްގޮތަށް މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ ހިންގާ އިމާރާތް ގ.ބިއްލޫރިޖެހިގެ ދެވަނަ ފަންގިފިލާގެ ވޯކްވޭ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ބިޑާ ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުމާއި ސައިޓް ވިޒިޓް އޮންނާނީ 2026 އޭޕްރިލް 13 ވާ ހޯމަ ދުވަހުގެ 10:00ގައި މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ (ގ.ބިއްލޫރިޖެހިގެ – 2 ވަނަ ފަންގިފިލާ، މަޖީދީމަގު، މާލެ)ގައެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޭޕްރިލް 19 ވާ އާދިއްތަ ދުވަހުގެ 10:00ށް މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރުގެ 07 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާ ގުޅޭ މަޢުލޫމާތު ޝީޓާއި ކޮމިޝަނުގެ ރިކުއަރމަންޓް މި އިޢުލާނާ އެއްހީރާސްކޮށްފައި ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައި ވާ ގޮތަށެވެ.