މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ޝަރުތުހަމަވާ ޤާބިލު ބޭފުޅުން ހޯދުމަށް ބޭނުންވެއެވެ.

 

މަޤާމު:

ހެޑް އޮފް މާކެޓިންގއެންޑް ކޮމިއުނިކޭޝަންސް

ސެކްޝަން / ޑިވިޜަން

ޕޭމަންޓްސް އެންޑް ކޯޕަރޭޓް ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

މަދުވެގެން ލިބިފައި ހުންނަޖެހޭ ތައުލީމީ ފެންވަރު:

  • ބިޒްނަސް މެނޭޖްމެންޓް، މާކެޓިންގ، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލު ކޮށްފައިވުން.

ލިބިފައިހުރުން މުހިންމު ހުނަރުތަކާއި ތަޖުރިބާ:

މެނޭޖްމަންޓް ރޯލެއްގެ މަސްއޫލިއްޔަތުތައް ހިމެނޭހެން، ތިރީގައިވާ ދާއިރާތަކުން މަދުވެގެން 10 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

  • މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ސްޓްރެޓެޖީ ޑިވޮލެޕްމަންޓް އެންޑް އެގްޒެކިއުޝަން
  • ޑިޖިޓަލް މާކެޓިންގ އަދި ސޯޝަލް މީޑިއާ މެނޭޖްމަންޓް
  • ޕަބްލިކް ރިލޭޝަންސް އަދި ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް
  • ޕާރފޯމަންސް މޮނިޓަރިންގ، އެނަލިޓިކްސް، އަދި ރިޕޯޓިންގ

ފައިނޭންޝިއަލް ސަރވިސް، ފިންޓެކް ، ރެގިއުލޭޓެޑް މާހައުލުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ. 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕޭމަންޓް މޯލްޑިވްސްގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާއި އެއްގޮތްވާ މާކެޓިންގ އަދި ކޮމިއުނިކޭޝަންސް ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކޮށް، ޓާގެޓެޑް މާކެޓިންގ ކެމްޕޭންތަކުގެ އެހީގައި ޕޭމަންޓް މޯލްޑިވްސް ސިސްޓަމްތަކާއި ހިދުމަތްތައް މާކެޓްކޮށް ކުރިއެރުވުން.
  • ޕޭމަންޓް މޯލްޑިވްސްގެ ކޯޕަރޭޓް ބްރޭންޑާއި އައިޑެންޓިޓީ ތަރައްގީކޮށް ހަރުދަނާކުރުން.
  • ކުންފުނީގެ ކޯޕަރޭޓް ވެބްސައިޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް ތަރައްގީކޮށް މެނޭޖްކުރުމުގެ އިތުރުން، ސޯޝަލް މީޑިއާ ސްޓްރެޓެޖީތަކާއި އިންޓަގްރޭޓެޑް މާކެޓިންގ ކެމްޕޭންތައް ފަރުމާކޮށް ތަންފީޒުކުރުމުގެ މަސައްކަތްތައް އިސްވެ ކުރުން.
  • މީޑިއާތަކާއެކު ބަދަހި ގުޅުމެއް ބޭއްވުމާއި، ޕްރެސް ރިލީޒްތަކާއި ރަސްމީ ބަޔާންތައް މެދުވެރިކޮށް ކުންފުނީގެ މުއާމަލާތްތައް މެނޭޖްކުރުން.
  • މާލީ އިދާރާތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، އަދި އާންމުންނާ ގުޅުން ބަދަހިކޮށް، ޑިޖިޓަލް ޕޭމަންޓްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
  • ކުންފުނީގެ އެންމެހާ މީޑިޔާ ޗެނަލްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ ކުންފުނީގެ ބްރޭންޑް ގައިޑްލައިނާއި އެއްގޮތަށް ޑިޒައިން ކުރެވިގެން ޕަބްލިޝް ކުރެވޭ ކޮންޓެންޓްކަން ކަށަވަރު ކުރުން.
  • މާކެޓިންގ އަދި ކޮމިއުނިކޭޝަންސް ހަރަކާތްތަކުގެ ކާމިޔާބީ ވަޒަންކުރުމަށްޓަކައި "ކީ ޕާފޯމަންސް އިންޑިކޭޓަރސް" (KPIs) ކަނޑައަޅައި، އެކަންކަން ގަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުން.
  • މާކެޓިންގ އަދި ކޮމިއުނިކޭޝަންގެ ހުރިހާ ހަރަކާތްތައް ކުންފުނީގެ ޕޮލިސީތަކާއި ބްރޭންޑް ގައިޑްލައިންތަކާއި ރެގިއުލޭޓަރީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކޮށް، މާކެޓިންގ އަދި ކޮމިއުނިކޭޝަން ޔުނިޓްގެ ޕޮލިސީތަކާއި ޕްރސީޖަރތައް އެކުލަވާލައި ތަންފީޒުކުރުން.
  • ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (CSR) ދަށުން މުޖުތަމައަށް ފައިދާހުރި ތަފާތު އިޖުތިމާއީ ހަރަކާތްތަކާއި އަދި މާލީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން.

މުސާރައާއި އިނާޔަތްތައް

40،000.00 – 42،200.00 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
  • ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި ކުންފުނީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.

ސުންގަޑި

14 އެޕްރީލް 2026 ވަނަ ދުވަހުގެ މެންދުރުފަހު 16:00 އަށް

 

މި ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް: [email protected]  އަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ އީމެއިލްގެ އިތުރުން ނަންބަރު 3313311  ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.

07 އޭޕްރިލް 2026
ހޯދާ