|
މަޤާމު:
|
ހެޑް އޮފް މާކެޓިންގއެންޑް ކޮމިއުނިކޭޝަންސް
|
|
ސެކްޝަން / ޑިވިޜަން
|
ޕޭމަންޓްސް އެންޑް ކޯޕަރޭޓް ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
މަދުވެގެން ލިބިފައި ހުންނަޖެހޭ ތައުލީމީ ފެންވަރު:
- ބިޒްނަސް މެނޭޖްމެންޓް، މާކެޓިންގ، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން ނުވަތަ އެނޫންވެސް ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލު ކޮށްފައިވުން.
ލިބިފައިހުރުން މުހިންމު ހުނަރުތަކާއި ތަޖުރިބާ:
މެނޭޖްމަންޓް ރޯލެއްގެ މަސްއޫލިއްޔަތުތައް ހިމެނޭހެން، ތިރީގައިވާ ދާއިރާތަކުން މަދުވެގެން 10 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
- މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ސްޓްރެޓެޖީ ޑިވޮލެޕްމަންޓް އެންޑް އެގްޒެކިއުޝަން
- ޑިޖިޓަލް މާކެޓިންގ އަދި ސޯޝަލް މީޑިއާ މެނޭޖްމަންޓް
- ޕަބްލިކް ރިލޭޝަންސް އަދި ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް
- ޕާރފޯމަންސް މޮނިޓަރިންގ، އެނަލިޓިކްސް، އަދި ރިޕޯޓިންގ
ފައިނޭންޝިއަލް ސަރވިސް، ފިންޓެކް ، ރެގިއުލޭޓެޑް މާހައުލުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޕޭމަންޓް މޯލްޑިވްސްގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާއި އެއްގޮތްވާ މާކެޓިންގ އަދި ކޮމިއުނިކޭޝަންސް ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކޮށް، ޓާގެޓެޑް މާކެޓިންގ ކެމްޕޭންތަކުގެ އެހީގައި ޕޭމަންޓް މޯލްޑިވްސް ސިސްޓަމްތަކާއި ހިދުމަތްތައް މާކެޓްކޮށް ކުރިއެރުވުން.
- ޕޭމަންޓް މޯލްޑިވްސްގެ ކޯޕަރޭޓް ބްރޭންޑާއި އައިޑެންޓިޓީ ތަރައްގީކޮށް ހަރުދަނާކުރުން.
- ކުންފުނީގެ ކޯޕަރޭޓް ވެބްސައިޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް ތަރައްގީކޮށް މެނޭޖްކުރުމުގެ އިތުރުން، ސޯޝަލް މީޑިއާ ސްޓްރެޓެޖީތަކާއި އިންޓަގްރޭޓެޑް މާކެޓިންގ ކެމްޕޭންތައް ފަރުމާކޮށް ތަންފީޒުކުރުމުގެ މަސައްކަތްތައް އިސްވެ ކުރުން.
- މީޑިއާތަކާއެކު ބަދަހި ގުޅުމެއް ބޭއްވުމާއި، ޕްރެސް ރިލީޒްތަކާއި ރަސްމީ ބަޔާންތައް މެދުވެރިކޮށް ކުންފުނީގެ މުއާމަލާތްތައް މެނޭޖްކުރުން.
- މާލީ އިދާރާތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، އަދި އާންމުންނާ ގުޅުން ބަދަހިކޮށް، ޑިޖިޓަލް ޕޭމަންޓްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
- ކުންފުނީގެ އެންމެހާ މީޑިޔާ ޗެނަލްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ ކުންފުނީގެ ބްރޭންޑް ގައިޑްލައިނާއި އެއްގޮތަށް ޑިޒައިން ކުރެވިގެން ޕަބްލިޝް ކުރެވޭ ކޮންޓެންޓްކަން ކަށަވަރު ކުރުން.
- މާކެޓިންގ އަދި ކޮމިއުނިކޭޝަންސް ހަރަކާތްތަކުގެ ކާމިޔާބީ ވަޒަންކުރުމަށްޓަކައި "ކީ ޕާފޯމަންސް އިންޑިކޭޓަރސް" (KPIs) ކަނޑައަޅައި، އެކަންކަން ގަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުން.
- މާކެޓިންގ އަދި ކޮމިއުނިކޭޝަންގެ ހުރިހާ ހަރަކާތްތައް ކުންފުނީގެ ޕޮލިސީތަކާއި ބްރޭންޑް ގައިޑްލައިންތަކާއި ރެގިއުލޭޓަރީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކޮށް، މާކެޓިންގ އަދި ކޮމިއުނިކޭޝަން ޔުނިޓްގެ ޕޮލިސީތަކާއި ޕްރސީޖަރތައް އެކުލަވާލައި ތަންފީޒުކުރުން.
- ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (CSR) ދަށުން މުޖުތަމައަށް ފައިދާހުރި ތަފާތު އިޖުތިމާއީ ހަރަކާތްތަކާއި އަދި މާލީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން.
|
|
މުސާރައާއި އިނާޔަތްތައް
|
40،000.00 – 42،200.00 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއަށް ބެލެވޭނެ)
|
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
- ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
- ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
- ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި ކުންފުނީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.
|
|
ސުންގަޑި
|
14 އެޕްރީލް 2026 ވަނަ ދުވަހުގެ މެންދުރުފަހު 16:00 އަށް
|