ދިވެހިރާއްޖެ
މިކުންފުނިން ވިއްކާ މުދާ އަތޮޅުތެރޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އަތޮޅުތަކުގެ ރަށްރަށުގައި ޑިސްޓްރިބިއުޓް ކޮށްދޭނެ އެޖެންޓުން ހޯދުމަށް ބޭނުންވެއެވެ.
އެޖެންޓުން ހަމަޖެއްސުމަށް ހަމަޖެހިފައިވާ އަތޮޅާއި އެއަތޮޅަކުން އެޖެންޓުން ނަގާ އަދަދު.
|
އަދަދު |
އަތޮޅު |
|
1 |
މ |
|
1 |
ދ |
|
1 |
ލ |
|
1 |
ގއ |
|
1 |
ގދ |
|
އަދަދު |
އަތޮޅު |
|
1 |
ހއ |
|
1 |
ށ |
|
2 |
ރ |
|
1 |
ޅ |
|
1 |
ވ |
އެޖެންޓުން ހޮވުމުގައި ބަލާނެ ކަންތައްތައް.
- އެޖެންޓްކަމަށް ކުރިމަތިލާ ފަރާތުގެ މާލީހާލަތު
- އެޖެންޓްކަމަށް ކުރިމަތިލާ ފަރާތުގެ ވިޔަފާރި ހިންގުމުގެ ޤާބިލުކަމާއި ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- އެޖެންޓްކަމަށް ކުރިމަތިލާ ފަރާތުން އިތުރު އެހެން ވާދަވެރި މުދަލެއް ވިއްކާނަމަ އޭގެ ތަފުސީލު.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީ ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުން ދޫކުރާ އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން ނުވަތަ 3314050 ނަންބަރަށް ފެކްސް ކުރެއްވުން ނުވަތަ[email protected] އީމެއިލް ކުރެއްވުން އެދެމެވެ. އެޖެންޓުކަމަށް އެދި ހުށަހަޅާ ފޯމު އެމްޓީސީސީގެ ވެބްސައިޓް (www.mtcc.com.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3001259 ނުވަތަ 3001276 އަށް ގުޅުއްވުން އެދެމެވެ.
06 ރަބީޢުލްއައްވަލް 1437
