މަސައްކަތް
ނަންބަރު: MTCC-SMD/IU/2015/0204
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 31 ޑިސެންބަރު 2015 14:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އަތޮޅުތަކުގެ ރަށްރަށުގައި ޑިސްޓްރިބިއުޓް ކޮށްދޭނެ އެޖެންޓުން ހޯދުމަށް

މިކުންފުނިން ވިއްކާ މުދާ އަތޮޅުތެރޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އަތޮޅުތަކުގެ ރަށްރަށުގައި ޑިސްޓްރިބިއުޓް ކޮށްދޭނެ އެޖެންޓުން ހޯދުމަށް ބޭނުންވެއެވެ.

އެޖެންޓުން ހަމަޖެއްސުމަށް ހަމަޖެހިފައިވާ އަތޮޅާއި އެއަތޮޅަކުން އެޖެންޓުން ނަގާ އަދަދު.

އަދަދު

އަތޮޅު

1

މ

1

ދ

1

ލ

1

ގއ

1

ގދ

އަދަދު

އަތޮޅު

1

ހއ

1

ށ

2

ރ

1

ޅ

1

ވ


 

އެޖެންޓުން ހޮވުމުގައި ބަލާނެ ކަންތައްތައް.

  • އެޖެންޓްކަމަށް ކުރިމަތިލާ ފަރާތުގެ މާލީހާލަތު
  • އެޖެންޓްކަމަށް ކުރިމަތިލާ ފަރާތުގެ ވިޔަފާރި ހިންގުމުގެ ޤާބިލުކަމާއި ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • އެޖެންޓްކަމަށް ކުރިމަތިލާ ފަރާތުން އިތުރު އެހެން ވާދަވެރި މުދަލެއް ވިއްކާނަމަ އޭގެ ތަފުސީލު.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީ ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުން ދޫކުރާ އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން ނުވަތަ 3314050 ނަންބަރަށް ފެކްސް ކުރެއްވުން ނުވަތަ[email protected] އީމެއިލް ކުރެއްވުން އެދެމެވެ. އެޖެންޓުކަމަށް އެދި ހުށަހަޅާ ފޯމު އެމްޓީސީސީގެ ވެބްސައިޓް (www.mtcc.com.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3001259 ނުވަތަ 3001276 އަށް ގުޅުއްވުން އެދެމެވެ.

06 ރަބީޢުލްއައްވަލް 1437

17 ޑިސެންބަރު 2015