ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޯޕަރޭޓް ކޮންސަލްޓަންޓް / ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް

ވަޒީފާގެ ފުރުޞަތު

މަޤާމް:

ކޯޕަރޭޓް ކޮންސަލްޓަންޓް

ވަޒީފާގެ ދާއިރާ:

ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (01 އަހަރު)

މުސާރަ:  

މަސައްކަތު ތަޖުރިބާ އަދި ތައުލީމީ ފެންވަރު ބެލުމަށްފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން.

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު ޕޮލިސީ ޑްރާފްޓިންގ އަދި ރިސާރޗްގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގައި އެކުލަވާލާފައިވާ ޕޮލިސީތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި އަދި ދިރާސާ ރިޕޯރޓުތައް ވެރިންނާ ހިއްޞާކޮށް ވެރިންގެ އިރުޝާދުގެ ދަށުން ޕޮލިސީތައް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކުންފުނީގެ މަސައްކަތްތަކާއި ސިޔާސަތުތައް ތަންފީޒުކުރުމަށް ކުންފުނިން ކަނޑައަޅަންޖެހޭ އުޞޫލުތަކާއި ޕްލޭންތަކާއި އެސް.އޯ.ޕީ ތައް ހެދުމުގެ މަސައްކަތްތައް ވެރިންގެ އިރުޝާދުގެ ދަށުން ކުރުން.
  • ކުންފުނި ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި އަދި މިންގަނޑުތަށް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ދިރާސާކޮށް އެމައުލޫމާތު ލީގަލް ޔުނިޓަށް ހިއްޞާކޮށް ގަވާއިދުތަކާއި، އުސޫލުތަކާއި އަދި މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ކުރުން.
  • ކުންފުނީގެ ގަވާއިދުތަކާއި، އުސޫލުތަކާއި އަދި މިންގަނޑުތަކަށް ގެނެވޭ ބަދަލުތަކާ އެއްގޮތަށް ޕޮލިސީ ތަންފީޒުކުރެވޭތޯ މޮނިޓަރކޮށް އެކަން އިސްވެރިންނާއި ޙިއްސާކޮށް ވެރިންގެ ލަފާގެދަށުން އެމަސައްކަތް ކުރުން.
  • ޕޮލިސީގެ ސަބަބުން މުހިންމު ވޭރިއެބްލްސްތަކަށް އަންނާނޭ އިމްޕެކްޓްތައް އެނަލައިޒް ކުރުން.
  • ތަފާތު ޕޮލިސީ ކޮމްޕޯނަންޓްސްތަކަށް ބަދަލު ގެނައުމުން އޯވަރޯލް ޑައިނެމިކްސްއަށް އަންނާނޭ ބަދަލުތައް އެނަލައިޒް ކުރުން.
  • ޕޮލިސީ ތަންފީޒުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެނަލައިޒް ކުރުން.
  • ކުންފުނީގެ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް ތަޢާރަފު ކުރަންޖެހޭ އާ ރޫލްސްތަކާއި މިންގަނޑުތަކުގެ އިމްޕެކްޓް އެނަލިސިސް ހެދުން. 
  • ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭން އަދި އެކްޝަން ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

30 މާރިޗު 2026 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 30 މާރިޗު 2026 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މި މަޤާމަށް ހަމަޖެއްސުމުގައި ވަކިވަކި ފަރުދުންނަށް އިސްކަން ދެވޭނެ.

07 ޝައްވާލް 1447

26 މާރިޗު 2026

28 މާރިޗު 2026
ހޯދާ